
ޢީދު ބަންދަށް ފުރާ މީހުން ވަގުތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އާމިނަތު ޝަޒްލާ - 23 މޭ 2026 - 04:04
ޢީދު ބަންދުގައި އެއާޕޯޓުން ފުރާ ދަތުރުވެރިން ވަގުތަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އިލްތިމާސް ކޮށްފިއެވެ.
އެމްއޭސީއެލުން ވަނީ، މިއަހަރުގެ އަޟުޙާ ޢީދު ބަންދާއި ދިމާކޮށް ގިނަ ޢަދަދެއްގެ ދަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުން ކުރާނެ ކަމަށް ލަފާކުރެވޭތީ، މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓު ބޭނުން ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
މި ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ އެންމެހާ ދަތުރުވެރިންވެސް ވަގުތަށް ޚާއްސަ ސަމާލުކަމެއް ދެއްވުމާއެކު، އެއާލައިންތަކުން ދެއްވާ އިރުޝާދަށް ފުރިހަމައަށް ތަބާވުމަށް އެމްއޭސީއެލުން އިލްތިމާސް ކުރައްވާފައިވާއިރު، މި ދުވަސްތަކުގައި ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެއާޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެމްއޭސީއެލުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
6 ގަޑިއިރު ކުރިން

ދިވެހި ފުލުހުންނާއި މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާ ދެމެދު އެއްބަސްވުމެއް
6 ގަޑިއިރު ކުރިން

މާލޭއާ ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓް ދީފި
8 ގަޑިއިރު ކުރިން

ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމު ފުރިހަމަ ކުރި ދަރިވަރުންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ
8 ގަޑިއިރު ކުރިން


.gif&w=3840&q=75)