
އެމެރިކާގެ އަނިޔާވެރިކަމުގެ ތެރެއިން ހޮރްމޫޒް ކަނޑުއޮޅި ދުވަހަކުވެސް ނުހުޅުވޭނެ: އީރާން

އާމިނަތު ޝަޒްލާ - 14 ޖުލައި 2026 - 11:30
އެމެރިކާއިން އިސްވެ އޮވެ ހިންގާ ހަނގުރާމައާއި، ނުބައިކަމާއި އަދި އަނިޔާވެރިކަމުގެ ތެރެއިން، އީރާންގެ ބާރުގެ ދަށުގައި އޮންނަ ސްޓްރެއިޓް އޮފް ހޯރްމުޒް ދުވަހަކުވެސް ނުހުޅުވޭނެ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު އަކްރަމިނިއާއާ ހަވާލާދީ އެ ގައުމުގެ ތަސްނިމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ހަނގުރާމަ އާއި ނުބައިކަމާއި އެމެރިކާގެ އަނިޔާވެރިކަމުގެ" ތެރެއިން ހޯރްމުޒް ކަނޑުއޮޅި ދުވަހަކުވެސް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަކްރަމިނިއާ މިހެން ވިދާޅުވީ ސަރަހައްދީ މަސްލަހަތާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ. ގާތްގަނޑަކަށް 100 މޭލު ދިގު މި ކަނޑުއޮޅީގެ އެންމެ ހަނި ހިސާބުގައި ހުންނަނީ އެންމެ 21 މޭލު ފުޅާ މިނެވެ. ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު އިންސައްތައެއް ކޮންމެ ދުވަހަކުވެސް އުފުލަނީ މި ކަނޑުއޮޅި ހުރަސްކޮށް އަންނަ ބޯޓުފަހަރުގައެވެ.
އީރާނުން މިފަދަ އިންޒާރެއް ދީފައިވަނީ އެމެރިކާއާއި އިޒްރޭލުން އެ ސަރަހައްދުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާއި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ފުރިހަމަ ގާބިލުކަން އެ ގައުމުގެ އަސްކަރިއްޔާއަށް ލިބިގެންވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އަމާޒަކީ ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުން: ޑރ. ޝާހު
12 ގަޑިއިރު ކުރިން

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ހުޅުވާލައިފި
ދުވަހެއް ކުރިން

ފްރެންޗައިޒްގެ އެންމެ ކާމިޔާބު ފެށުމާއެކު 64.35 ކުރޯޑް ރުޕީސް ހޯދައި، "ޓޯޓަލް ދަމާލް" ގެ ރެކޯޑް މުގުރާލައިފި
ދުވަހެއް ކުރިން

އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
ދުވަހެއް ކުރިން


.gif&w=3840&q=75)