
މަސްވެރިންނަށް ތެޔޮ ވިއްކުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެފްއެސްްއެމް އިން ކޫއްޑޫ އަދި އައްޑޫ މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި

އަހުމަދު ޒަލީފު - 04 ޖެނުއަރީ 2023 - 03:59
3 ޖެނުއަރީ 2023 އިން ފެށިގެން މިފްކޯގެ ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ޚިދުމަތް އެފްއެސްއެމް އިން ދޭންފަށާފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެފްއެސްއެމް އިން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައިވެސް 3 ފެބްރުއަރީ އިން ފެށިގެން މި ޚިދުމަތް ދިނުމަށް ވަނީ ރޭވިފައިވާ ކަމަށެވެ.
މިފްކޯގެ ސައިޓް ތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ޚިދުމަތް އެފްއެސްއެމް އިން ދޭން ފެށުމަށް ދެ ކުންފުނިން ވަނީ މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިސްމާއީލް ފައުޒީއެވެ. އެފްއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ މުޙައްމަދު ޤަސަމްއެވެ.
— MIFCO (@mifcomv) January 3, 2023
މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއިން ވަނީ 990.8 މިލިއަން ރުފިޔާގެ މަސް ގަނެފައި ކަމަށް އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރު އެންމެ ގިނައިން މަސްގަނެވުނީ ސެޕްޓެމްބަރު މަހު ކަމަށާއި އެއީ 8.22 ހާސް މެގަ ޓަނުގެ މަސް ކަމަށް ފައުޒީ ވިދާޅުވިއެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން މަސްކިރާފައި ވަނީ ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ ބާޙިރާ ދޯންޏެވެ.
ބާޚިރާ ދޯނިން ވަނީ އެއްދުވަހު 58.6 ޓަނުގެ މަސް ކޫއްޑޫއަށް ކިރުވާފައިއެވެ. އަދި އެ ދޯނިން ވަނީ އެއްދުވަހެއްގެ ދޯށީގެ މަސްވެރިކަމުގެ އާ ރިކޯޑެއް ހަދާފައެވެ. އެ މަސްކިރުވައި ބާޚިރީ ދޯނިން ވަނީ 996,034ރ ގެ އާމްދަނީ އެއް އެއް ދުވަހުން ހޯދާފައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖެއިން 19،372 މެޓްރިކް ޓަނުގެ މަސް ބޭރަށް ފޮނުވާފައިވެއެވެ.
ތިންވަނަ ކުއާޓަރުގައި އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ގަނޑުކުރި ރީނދޫ އުރަހަ ކަންނެއްޔެވެ. އެ ބާވަތުގެ މަހުން 1،343 މެޓްރިކް ޓަން ބޭރަށް ފޮނުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ގުޅުން ހުރި ޙަބަރުތައް

ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް!
5 ގަޑިއިރު ކުރިން
ޕާކުކޮށްފައި އޮތް ކާރެއްގައި ޖެއްސުމަށްފަހު ފިލި މީހާ ހައްޔަރުކުރި އިރު އަތުގައި ހުރީ މަސްތުވާތަކެތި: ފުލުހުން
11 ގަޑިއިރު ކުރިން

ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާޙީ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި
ދުވަހެއް ކުރިން

އަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ދުވަހެއް ކުރިން


