logo

މާލޭ ސިޓީ މި ހިންގަނީ ޤަވާއިދާ އެއްގޮތަށް - މުޢިއްޒު

profile

އަހުމަދު ޒަލީފު - 06 ޖުލައި 2023 - 16:24

ޑރ.މުޙައްމަދު މުޢިއްޒު

ޑރ.މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް ހިންގާ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި މިހާތަނަށް އައިއިރު ދުވަހަކުވެސް ގަވައިދާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ ޖަލްސާގައި އެޖެންޑާ ކުރަން ބޭނުންވާ ކަންތައް ޖަލްސާ ފެށުމުގެ 72 ގަޑިއިރު ކުރިން ހުށަހަޅަން ޖެހޭނެ ކަމަށާއި އައިފާން އެދިވަޑައިގެންނެވި ކަންތައްތައް މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރެއްވީ ގަޑި ހަމަނުވާތީ ކަމަށާއި، އައިފާން މައްސަލަ ހުށަހެޅީ މިދިޔަ ހޯމަ ދުވަހު ކަމަށާއި އޭރު މިއަދުގެ ޖަލްސާ އެޖެންޑާ ކުރުމަށްފަހު ފޮނުވާފައިވާ ކަމަށް. މޭޔަރު މުޢިއްޒު އާި ހަވާލާދީ ވަގތުގައި ރިޕޯޓްކޮށްފައިވެއެވެ.

"ކަންސިލްގެ ހިންގާ ގަވައިދުގައި ބުނެފައި މި އޮންނަނީ ކައުންސިލަރަކު އެޖެންޑާގައި އެއްޗެއް ހިމަނަން ބޭނުންވާ ނަމަ ލިޔުމުން ފޮނުވަދޭން ޖެހޭނީ 72 ގަޑިއިރު ކުރިންނޭ. އެއީ ލާމަރުކަޒީ ގާނޫނުގައި ބުނެފައި އޮވޭ އެ އަންނަ އެއްޗެހި ހިމަނައިގެން އެޖެންޑާ ތައްޔާރުކުރުމަށްފަހު ކައުންސިލަރުންނަށް އެޖެންޑާ ފޮނުވަ ދޭން ވާނެއޭ 48 ގަޑިއިރު ކުރިން. އެހެންވީމަ އެޖެންޑާ ކުރެވޭނީ އޭގެ ކުރިން އެއްޗެހިތައް ލިބިގެން. މިއަދުގެ ޖަލްސާއަށް އޭތި މާފަހުން ފޮނުވީމަ، 72 ގަޑިއިރަށްވުރެ ކުރު ވަގުތެއްގައި ފޮނުވީމައި އޭތި އެޖެންޑާ ނުކުރެވުނީ. އަޅުގަނޑު ދެންނެވިން މިއަދުގެ ޖަލްސާއަށް ދެން އެޖެންޑާ ނުކުރެވޭނޭ އެކަމަކު ދެން އަންނަ ޖަލްސާއަކަށް އެޖެންޑާ ކުރެވިދާނެއޭ." މުއިއްޒު ވިދާޅުވިއެވެ.

"ކައުންސިލުން މިއަދާ ހަމައަށް ކަންކޮށްފައި އޮންނާނީ ކައުންސިލްގެ ޖަލްސާތަކަށް ހުށަހަޅާ ފާސްކޮށްފައި ހުރި އުސޫލްތަކާއި ގެޒެޓްކޮށްފައި ހުންނަ އުސޫލްތަކުގެ ތެރެއިން. އެއްވެސް ކަމެއް ނުހުންނާނެ އެއްވެސް އިއުލާންކުރުމެއް ނެތި ބިމެއް ދީފައެއް. އިއުލާންކޮށްފަ އޮންނަ އުސޫލަކާ ނޫނިއްޔާ ގެޒެޓްކޮށްފައި އޮންނަ އުސޫލަކާއި އެއްގޮތަށް ކަންތައް ކޮށްފައިވާނީ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ނިންމާ އެއްވެސް ނިންމުމެއް އަދި އަދި އެއްވެސް ކަމެއް ގަވައިދާ ޚިލާފަށް ކޮށްފައިނުވާނެ ކަމަށާއި ކައުންސިލްގެ ހުރިހާ މެންބަރުންގެ ތާއީދާއެކު ޖަލްސާއިން ފާސްކޮށްގެން ގަވައިދާ އެއްގޮތަށް ގެޒެޓްކޮށްގެން ނޫނީ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ."ކައުންސިލް ހިންގަނީ ގަވައިދާއި ގާނޫނާ އެއްގޮތަށް. އަޅުގަނޑުމެންގެ ދައުރު އައިފަހުން މިހާރު ދެ އަހަރު ފާއިތުވެގެން މިދަނީ ނޯންނާނޭ މިހާތަނަށް އައިއިރު އެއްވެސް ކައުންސިލް ޖަލްސާއެއްގައި އެޖެންޑާކުރަން ފޮނުވި އެއްޗެއް އެ އޮންނަ އުސޫލުގެ ދަށުން ފޮނުވީމަ އެޖެންޑާ ނުކޮށެއް." މުއިއްޒު ވިދާޅުވިއެވެ.

tel:+9607331319