
އަލް ގައްސާމް ބުރިގޭޑުން އަސީރުންގެ ފޮޓޯ އާއްމުކޮށްފި

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2025 - 09:10
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި 48 އަސީރުންގެ ވަދާޢީ ފޮޓޯ ކަމަށް ބުނެ ޙަމާސްގެ އަސްކަރީ ގޮފި، އަލްޤައްސާމް ބުރިގޭޑުން އަސީރުންގެ ފޮޓޯ އާންމުކޮށްފިއެވެ.
ޔަހޫދީން ޣަައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތަކަށް ކެތްނުކުރެވިގެން ޙަމާސުން ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީންނަށް ޖިހާދީ ޙަމަލާއެއްދީ އެ މީހުންގެ 250އެއްހާ މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ.
ޙަމާސް އިން އެކި ފަހަރު މަތިން ޔަހޫދީ އަސީރުން މިނިވަންކޮށްފައިވާ އިރު، ޙަމާސްގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބި އަސީރުންގެ ތެރެއިން ދިރި ތިބީ 20 ވަރަކަށް އަސީރުން ކަަމަށް ބެލެވެއެވެ.
ޙަމާސް އިން ބުނަމުން ދަނީ އެ މީހުންގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ފުރާނަ ގެއްލުމަށް މެދުވެރި ވަނީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ކަމަށެވެ.
ޔަހޫދީންގެ އަސްކަރީ ޙަރަކާތް ފުޅާކުރާ ވަރަކަށް އަސީރުންގެ ފުރާނައަށް ނުރައްކާ ވާނެ ކަމުގެ އިންޒާރު ޙަމާސުން ތަކުރާރުކޮށް ދެއެވެ.
މުޅި ޣައްޒާ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޔަހޫދީންގެ ޙަމަލާތައް ބޮޑުތަނުން އިތުރުކޮށްފައިވާ މި ދަނޑިވަޅުގައި ޙަމާސުން އަސީރުންގެ ފޮޓޯތައް އާންމުކޮށްފައި ވަނީ ޕޯސްޓަރެއްގެ ސިފައިގައެވެ.
އެ ޕޯސްޓަރުގައި ހިމެނޭ ކޮންމެ ފޮޓޮއެއް ކައިރީގައި ރޮން އަރަޑް ޖަހާފައި އޮވެއެވެ. ރޮން އަރަޑްއަކީ 1986ވަނަ އަހަރު ލުބުނާނުގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ޔަހޫދީ ވައިގެ އަސްކަރިއްޔާގެ ކެޕްޓަނެއްގެ ނަމެވެ.
ލުބުނާނަށް ބޮމުގެ ޙާމަލާއެއް ދޭން އުޅުމުގެ ތެރޭގައި ރޮން އަރަޑް ދުއްވަމުންދިޔަ އެފް 4 ފެންތަމް އަސްކަރީ ޖެޓުގައި މާ ކުރިން ބޮމެއް ގޮވާފައިވެއެވެ.
އެ ހާދިސާއަށްފަހު ޢަމަލު މޫވްވަންޓުން އޭނާ ހިފާފައިވާއިރު، އެއަށްފަހު އޭނާ ދެން ޙަވާލުކޮށްފައި ވަނީ ޙިޒްބުﷲ އަށެވެ.
އަރަދު މަރުވެފައިވާ ކަމަށް ބެލެވުނަސް އެ ކަމަށް ބާރުދޭ އެއްވެސް ހެއްކެއް ފެނިފައެެއް ނުވެއެވެ.
ޙަމާސް އިން އާންމުކުރި ޕޯސްޓަރުގައި އިތުރަށް ލިޔެފައި އޮތީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމަ ހުއްޓައިލުމަށް ދެކޮޅު ހެދުމުގެ ސަބަބުންނާއި ޔަހޫދީންގެ އަސްކަރީ ވެރިޔާ، އީޔަލް ޒާމިރުގެ ބަލިކަށިކަމުގެ ސަބަބުން، ޣައްޒާ ސިޓީގައި ޔަހޫދީންގެ ޙަމަލާތައް އިތުރުކޮށްފައިވާތީ އަސީރުންގެ ވަދާޢީ ފޮޓޯ އާންމުކޮށްފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
"އެލައިޑް އައިފޯން ޑްރޮޕް" އިންސްޓަގްރާމް ފޮލޯވަރުންނަށް ހާއްސަ
5 މިނިޓު ކުރިން

އީދު ދުވަހު ސަލްޓަން ޕާކު ހުޅުވާނެ
15 މިނިޓު ކުރިން

ކެންދޫގެ ތަރައްޤީގެ ރޭހުގައި އިތުބާރު އޮތް ނަންތަކެއް: އަޙްމަދު ޝާން އާއި ނަޛީރާ އަޙްމަދުގެ ޓީމު
20 ގަޑިއިރު ކުރިން

ފަހު ދިހައެއްގައި ބީއެމްއެލް ގެ ބްރާންޗްތަކުން އިން ޚިދުމަތް ލިބޭނީ މި މަހުގެ 11 އަދި 18ގައި
20 ގަޑިއިރު ކުރިން


.gif&w=3840&q=75)