
ކަނޑޫދޫ މިރުސް ކިލޯއެއް 45 ރުފިޔާއަށް

މުޙައްމަދު ފަޟްލޫން - 23 ފެބްރުއަރީ 2026 - 15:06
ކަނޑޫދޫ މިރުސް ކިލޯއެއް 45 ރުފިޔާއަށް ލޯކަލް މާރުކޭޓްގައި ލިބެން ހުރިކަން ހާމަވެއްޖެއެވެ.
ބާޒާރުގެ އަގުތަކަށް ބަލާއިރު މައިގަނޑު ގޮތެއްގައި ކެއުމަށް ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އަގުތައް އެވްރެޖް ގޮތެއްގައި އެއްވަރެއްގައި ހިފެހެއްޓިފައި ހުރިކަން ފާހަގަކޮށްލެވެއެވެ.
ބާޒާރު މަތީގެ އަގުތަކަށް ބަލާއިރު
ކަނޑޫދޫ މިރުސް 100 ގްރާމް 45 ރުފިޔާ
ތޮޅި މިރުސް 100 ގްރާމް 20 ރުފިޔާ އަށް
ލިނބޯ ކިލޯއެއް: 60 ރުފިޔާ
ކިޔުކަންބާ ކިލޯއެއް: 70 ރުފިޔާ
އަންނާރު ކިލޯއެއް: 120 ރުފިޔާ
ފެހި އާފަލް: 6 ރުފިޔާ
ރަތް އާފަލް: 6 ރުފިޔާ
ފޭރު ކިލޯއެއް: 80 ރުފިޔާ
ކިވީ ކިލޯއެއް: 150 ރުފިޔާ
ކަރާ ކިލޯއެއް: 25 ރުފިޔާ
ފިޔާ ކިލޯއެއް: 16 ރުފިޔާ
ލޮނުމެދު ކިލޯއެއް: 50 ރުފިޔާ
ކެބެޖް ކިލޯއެއް: 30 ރުފިޔާ
ކެރެޓް ކިލޯއެއް: 35 ރުފިޔާ
ކޮޕީފަތް ބޮނޑިއެއް: 10 ރުފިޔާ
ރާނބާފަތެއް: 5 ރުފިޔާ
ކުއްޅަފިލާފަތް ބޮނޑިއެއް: 10 ރުފިޔާ
ކާށީގެ އަގުތަކަށް ބަލާއިރު
ކުޑަ ކާއްޓެއް: 10 ރުފިޔާ
ބޮޑު ކާއްޓެއް: 30 ރުފިޔާ
މެދު ސައިޒުގެ ކާއްޓެއް: 25 ރުފިޔާ
ބަށި ކިލޯއެއް: 60 ރުފިޔާ
ޓޮމާޓޯ ކިލޯއެއް: 35 ރުފިޔާ
ވިޔަފާރިވެރިން ބުނި ގޮތުގައި ތަރުކާރީއާއި މޭވާ އަދި ކާބޯތަކެތީގެ އެހެން ބާވަތްތައް ލިބުމުގައި މާބޮޑު ދަތިކަމެއް މިހާރު ނެތެވެ. ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި މި ފަހުން ތަކެތީގެ އަގު މައްޗަށް އަރައިގެންދިޔައީ ޑޮލަރުގެ އަގު މަތިވުމުންނެވެ. ނަމަވެސް މިހާރު ތަކެތި ލިބުމުގައި ދަތިކަމެއް ނެތްކަން ވިޔަފާރިވެރިން ފާހަގަކުރެއެއެވެ.






.gif&w=3840&q=75)