logo

2 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި

profile

މުޙައްމަދު ފަޟްލޫން - 30 ޖެނުއަރީ 2026 - 06:43

އަހަރުގެ މިހާތަނަށް 2 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

https://wamco.com.mv/

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ބުދަ ދުވަހުގެ ނިޔަލަށް 200،801 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 193،174 ފަތުރުވެރިންނަށްވުރެ 3.9 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 7،171 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކަށް ބަލާއިރު:

  1. ރަޝިއާ - 26،965 ފަތުރުވެރިން
  2. އިޓަލީ - 21،137 ފަތުރުވެރިން
  3. ޗައިނާ - 18،531 ފަތުރުވެރިން
  4. އިނގިރޭސިވިލާތް - 18،105 ފަތުރުވެރިން
  5. ޖަރުމަނުވިލާތް 12،746 ފަތުރުވެރިން
  6. އިންޑިއާ 7،564 ފަތުރުވެރިން

ފަތުރުވެރިންގެ ތެރެއިން 198،329 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މާފަރު އެއާޕޯޓުން 714 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 599 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 563 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 899 ގެސްޓްހައުސް އާއި 173 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ.

މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 66،854 އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay