
ލޯކަލް ކައުންސިލަށް ކުރިމަތި ލުމުގެ މުއްދަތު މާދާމާ ހަމަވަނީ

އައިމިނަތު ޒައިބާ - 31 ޖެނުއަރީ 2026 - 18:13
. ލޯކަލް ކައުންސިލް އިންތިހާބަށް ފޯމް ހުށަްއެޅުމަށް އެއްދުަވަހަށް ވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.
އަންނަ އެޕްރީލް މަހުގަ 04 ވަނަ ދުވަހު ބާއްވަން ހަމަޖެހިފަވާ ލޯކަލް ކައުންސިލަް އިންތިހާބަށް ފޯމް ލާން ހުޅުވާލި މިމަހުގެ 17 ގައެވެ. މި އިންތިހާބަށް ކުރިމަތިލުމިގެ އެންމެ ފަހު ސުންގަނޑިއަކީ 01 ފެބްރުއަރީ ގައި 17:30 ގައި އެވެ. އިންތިހާބުގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން މި މުއްދަތުގައި ފޯމް ހުށައެޅުމަށް އީސީ އިން ވަނީ އެދިފައެވެ،
ފޯމް ހުށަ އަޅާނީ އީސީ ގެ ޕޯޓަލް އިން ނެވެ.
my.elections.gov.mv
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް މި އަދަދަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޑރ ޒާހިރު ހުސައިންއަށް ރައީސް ޝުކުރު އަދާކުރައްވައިފި
19 މިނިޓު ކުރިން

އެފޯޑެބަލް ހައުސިންގ ޔުނިޓްތައް 2028 ވަނަ އަހަރު ހަވާލްކުރެވޭނެ: ބީއެމްއެލް
ގަޑިއިރެއް ކުރިން

ފޭކް ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

ސްކޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ބަލައިގެންފި
2 ގަޑިއިރު ކުރިން


