logo

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

profile

އައިޝަތު އިނާޝާ - 05 ޖެނުއަރީ 2026 - 08:19

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފަލަކް، ޝާއިން ޢަލީ (27އ) އާއި އއ. ފެރިދޫ / އިޙްރާމްގެ، އާއިޝަތު މާޝާ އަޙްމަދު (20އ) އެވެ.

ފުލުހުން ބުނިގޮތުގައި މި ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވެއެވެ. އަދި އެއެޕާޓްމަންޓުން 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ދެ މީހުންނަށްވެސް 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay