
މާފުށި ހިއްކި ސަރަހައްދުގައި ހަދާ ބްރިޖްގެ މަސައްކަތް ފަށައިފި

މުޙައްމަދު ފަޟްލޫން - 23 ފެބްރުއަރީ 2026 - 15:06
ކ. މާފުށީ ހިއްކި ސަރަޙައްދާއި އެ ރަށާ ގުޅާލުމަށް ހަދާ ބްރިޖުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
ކ.މާފުށި ފަޅުން 25 ހެކްޓަރުގެ ބިން ހިއްކާފަވަނީ 2021ވަނަ އަހަރުއެވެ.
ބިން ހިއްކާފަވަނީ ރަށުގެ ފަޅުތެރެއިން ވަކި ބިމެއްގެ ގޮތުގައެވެ.
މާފުއްޓާއި ހިއްކި ސަރަޙައްދު ގުޅާލުމަށް ހަމަޖެހިފަވަނީ ދަށުން އޮއި ދެމޭގޮތަށް ހަދާ ބްރިޖަކުންނެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން، ހިއްކި ސަރަޙައްދު ގުޅާލުމަށް 138 މީޓަރުގެ ބްރިޖެޓް ތަރައްގީކުރާކަމަށެވެ.
މިކަމުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ސައިޓުގައި ފަށާފައެވެ.
މި މަސައްކަތަށް ބޭނުންވާ ޕްރީ ކާސްޓް ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ.
މި މަސައްކަތުގައި ހިމަނައިގެން 80 މީޓަރުގެ ސަރަޙައްދެއްގައި ގޮޑުދޮށް ޙިމާޔަތްކުރުމަށް ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖަހަން ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ހިންގާ އެއްރަށް ކަމުގައިވާ މާފުށީގައި ދިރިއުޅޭ އާބާދީ 4000އިން މައްޗަށް އަރައެވެ.
ހިއްކި ބިމުން ބޯހިޔާވަހިކަމާއި އިޤްތިޞާދީ ބޭނުންތަކަށްވެސް ބިން ދޫކުރެއެވެ. އެގޮތުން މިހާތަނަށް ހިއްކި ބިން ސަރަޙައްދުން 2000 އަކަފޫޓުގެ 300އަށްވުރެ ގޮނަ ގޯތި އެރަށު ކައުންސިލުން ދޫކޮށްފަވެއެވެ.
މާފުށީގެ ހިއްކި ސަރަޙައްދުގެ ފެނާ ނަރުދަމާގެ މަސައްކަތްތައްވެސް ނިމުނު ހަފްތާގައި ވަނީ ފަށާފައެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެންނެވެ.
މި ވިއުގައަކީ މާފުށީގެ މިހާރުގެ އާބާދީއާއި އަދި އަލަށް ގޯތި ދޫކޮށްފަވާ ސަރަޙައްދަށް ޚިދުމަތް ދިނުމަށް ގާއިމްކުރާ ނިޒާމެކެވެ.
ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުއަށް 185 މިލިއަން ރުފިޔަ ހޭދަކުރެއެވެ.






.gif&w=3840&q=75)