logo

އުދަ އެރުމާއެކު މޫސުން ގޯސްވެ މުޅި ރާއްޖެ އަށް ހުދު ސަމާލު!

profile

ރިޟްވާން މޫސާ - 27 ޖުލައި 2026 - 07:57

އުދައަރާފާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީސް އިން ނެރެފިއެވެ.

https://wamco.com.mv/

މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން 15:00 އަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށްއޮތް މިއަދު ހެނދުނުން ފެށިގެން ހަވީރު 6:00 ހަމައަށް މޫސުން ލަފާކުރާ ގޮތް އާންމުކޮށްފައެވެ.

މިގަޑިތަކުގައި ވައި ހުންނާނީ އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައި ޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކުރައްވާފައެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެ އަށް ވެސް އުދައަރާނެ ދުވަސްވަރެއްކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުން ވެސް މުދަލާއި ތަކެއްޗަށް ހާއްސަ ސަމާލުކަމެއްދީގެން ތިއްބެވުމަކީ މުހިންމު ކަމެއް ކަމަށް މޫސުމާއިބެހޭ އިދާރާއި އިރުޝާދު ދެއްވަ އެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. މިގަޑިތަކުގައި ރާޅުތަކުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓު ދެމެދުގައިކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް ވަނީ މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk