ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ
މުވައްޒަފަކު މަރުވެފަ އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ޒަހަމްތަކަކާއެކު އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް މިއަދު ފަތިހު އެ ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށެވެ.
ހޮސްޕިޓަކަށް ގެންދިޔައިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށް އައިޖީއެމްއެޗްއާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
އަދި މިހާތަނަށް ބެލި ބެލުމުން، އެއީ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފެއްކަން އެނގިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ނެވެ.