logo

ފްރީ ސްޓޯރޭޖް ގޮތުގައި މުދާ ބެހެއްޓޭ މުއްދަތު އެމްޕީއެލް އިން އިތުރުކޮށްފި

profile

ޝަހްޒާ މުޙައްމަދު - 31 ޖެނުއަރީ 2026 - 18:08

މާލޭ ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖުގައި މުދާ ބަހައްޓައިގެން ޑެމަރޭޖް ނާރާ މުއްދަތު 5 ދުވަހުން 10 ދުވަހަށް އެމްޕީއެލް އިން އިތުރުކޮށްފިއެވެ.

https://wamco.com.mv/

މި ބަދަލަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.

އެމްޕީއެލުން ބުނިގޮތުގައި މިގޮތަށް ޑެމަރޭޖު ނާރާގޮތަށް ބަހައްޓާ މުދަލުގެ ތެރޭގައި ކޮންވެންޝަނަލް މުދާ ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުހިމެނޭ ކަމަށެވެ.

މި ބަދަލަށް އަމަލުކުރަން ފަށާނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަނދަރަށް އަންނަ އުޅަނދުތަކުން ބާލާ މުދަލަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވުމަށް އަޅުންވާފިޔަވަޅުތަކުގެ ތެރެއިން މުހިންމު ކަމެކެވެ. ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ގެންނަމުންދާ ޙައްލުތަކުގެ ތެރެއިން ރައީސް ވަނީ، ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި އެމްއޭސީއެލްގައި ޑެމަރޭޖް ނާރާ ހޭދަވާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލު ކުރުމަށް ނިންމަވާފައެވެ. އަދި މުދާ ކުލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay