
އުރީދޫ ފަން ރަން 2022 ފެށުމަށްޓަކައި ބައިވެރިން ތައްޔާރުވެގެން
5000ށް ވުރެ ގިނަ ބައިވެރިންނާއެކު އުރީދޫއިން އިންތިޒާމުކުރި "އުރީދޫ ފަން ރަން 2022 " ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

ޔޫޝައު ހަސަން - 25 ޑިސެމްބަރު 2022 - 09:00
އުރީދޫ ކަލަރ ރަން ގެ ނަން އުރީދޫ ފަން ރަން އަން އަޕްގްރޭޑްކޮށް ބޭއްވި ފުރަތަަމަ ރަން، 5000 އަށްވުރެ ގިނަ ބައިވެރިންނާއެކު ކާމިޔާބު ކަމާއިއެކު ނިންމާލައިފި އެވެ.
ދުވުން ފެށުމުގެ ގޮތުން ނައިބް ރައީސް ފައިސަލް ނަސީމާއި އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އައި ސީއީއޯ ހާލިދު އަލް ހަމަދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވަނީ ފަން ރަންގެ ދުވުންތެރިންނާއެކު ސެލްފީއެއް ނަންގަވައިފަ އެވެ.
މަޖާ މާޙައުލެއްގައި މިއުޒިކާއި، ފޮޓޯ ނެގުމާއި، 360 ވީޑިއޯ ނެގުމާއި އޮބްސްޓެކަލްސްތަކަކާއިއެކި ބޭއްވުނު މި ފުރިހަމަ ދުވުން ނިންމާލައިފިވަނީ ފެނާއި ފޯމް ޕާޓީއަކުންނެވެ.
ފަން ރަން ، މިއީ ހުރިހާ އުމުރެއްގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭހެން ބޭއްވުނު ޙަރަކާތެއް
ފަސް ކިލޯމީޓަރަށް ދުވަންޖެހޭގޮތަށް ބޭއްވުނު މި ދުވުމުގައި ރާއްޖޭގެ މަޝްޙޫރު ދުވުންތެރިންނާއި އެކިއެކި ކުޅިވަރު ޝަޚްސިއްޔަތުތައް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޯވިޑްގެ ޢާލަމީ ވަބާއަށްފަހު އުރީދޫއިން ބާއްވާ ފުރަތަަމަ ޙަރަކާތެއްގެ ގޮތުގައި ބޭއްވުނު ފަން ރަންގެ މައިގަނޑު މަޤްޞަދަކީ ފުވުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމުގައި އުރީދޫއިން މަޢުލޫމާތު ދެއްވައެވެ. އަދި އަންނަ އަހަރު ވެސް މިދުވުން މިއަށްވުރެ ކުލަގަދަކޮށް، ފޯރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ފަރާތުން ވިދާޅުވިއެވެ.