logo

މަރުވެފައި އޮއްވާ ފެނުނު ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި، ސާމްޕަލް ނަގާ ތަހްގީގު ކުރަނީ

profile

އައިޝަތު އިނާޝާ - 05 ޖެނުއަރީ 2026 - 06:58

ރ. ކިނޮޅަސް ކައިރިން ކަނޑުމަތިން ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށާއި، އެ މީހާގެ ހަށިގަނޑުގެ ފޮރެންސިކް ސާމްޕަލް ނަގައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

https://wamco.com.mv/

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ ހަވީރު 16:24 އެހާކަންހާއިރުއެވެ.

ފުލުހުން ބުނީ ކަނޑުމަތީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެމީހާގެ ޖިންސް މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ، އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ، މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން މީޑިއާތަކާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay