
ރަޝިޔާގެ ފަތުރުވެރިންނަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވައިފި

އާމިނަތު ޝަޒްލާ - 28 ޖޫން 2026 - 05:44
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ / ވިޒިޓް މޯލްޑިވްސް) އާއި ރަޝިޔާގެ އިތުބާރުހުރި ޓުއާ އޮޕަރޭޓަރެއް ކަމަށްވާ 'ލޯޓީ' ގުޅިގެން، ރަޝިޔާގެ މުއްސަނދި ފަތުރުވެރިންނަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގެ (ލަގްޒަރީ) މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެކެވެ.
ވިޒިޓް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މިއީ ލޯޓީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބޭއްވުނު ފުރަތަމަ ހަރަކާތެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ރަޝިޔާގެ މުއްސަނދި އަދި "ސްލޯ ޓްރެވަލް" މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުންނަށް ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމެވެ.
މި ހަރަކާތުގެ ތެރެއިން، ރަޝިޔާގެ މަޝްހޫރު 'އަސުންޓާ މާޑްރޭ' ރެސްޓޯރަންޓުގެ ފަރާތުން ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކެއުންތެރިކަމަށް ބިނާކޮށް ފަރުމާކުރެވިފައިވާ ޚާއްސަ ފަރިއްކޮޅެއް ހުށަހަޅާފައެވެ. ތާޒާ ކަނޑުމަހުގެ ބާވަތްތަކާއި ޒަމާނީ ރަހަތައް ހިމެނޭ މި ފަރިއްކޮޅުގެ ތެރެއިން، ކޮންމެ ބާވަތެއް ތައްޔާރުކުރުމުގައި ގެންގުޅުނު ފަލްސަފާއާއި ބޭނުންކުރި ތަކެތީގެ އަސްލާ ބެހޭ ތަފްސީލީ މައުލޫމާތު ބައިވެރިންނަށް ހިއްސާކުރެވުނެވެ.
ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް އައިސްފައިވާ ބޮޑު ބަދަލާ ގުޅޭގޮތުން ލޯޓީން ފާހަގަކުރި ގޮތުގައި، މީގެ ކުއާޓާ ސައްތައެއް ކުރިން ރާއްޖެއަކީ މައިގަނޑު ގޮތެއްގައި މަސްވެރިކަމަށް ބަރޯސާވެފައި އޮތް ގައުމެއް ނަމަވެސް، މިއަދު ރާއްޖެއަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު މަންޒިލެވެ. މިއީ ރާއްޖޭގެ ދުރުވިސްނޭ ސިޔާސަތުތަކާއި ގުދުރަތީ ރީތިކަން ހިމާޔަތްކުރުމަށް ކުރާ އިޚްލާޞްތެރި މަސައްކަތުގެ ނަތީޖާކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ގުޅުން ހުރި ޙަބަރުތައް

މި އަހަރު ބޮލީވުޑްގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި "އަލްފާ"!
5 ގަޑިއިރު ކުރިން

މެދުކެނޑުމެއްނެތި 28 ގަޑިއިރު މަސައްކަތް ކުރަންޖެހުނު: ދިއާ މިރްޒާ
9 ގަޑިއިރު ކުރިން

ވައިގެ ބަނދަރުގެ ސަލާމަތްތެރިކަމުގެ ދަންމަރު، އޭ.އާރް.އެފް.އެފް!
11 ގަޑިއިރު ކުރިން

އެމެރިކާއިން ދިން އަސްކަރީ ހަމަލާތައް އީރާނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
14 ގަޑިއިރު ކުރިން


.gif&w=3840&q=75)