
ދިރާގު ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ޖަލަށް!

އާމިނަތު ޝަޒްލާ - 20 މޭ 2026 - 06:19
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ދިރާގު ފިހާރައަށް ވަދެ، އަޑުގަދަކޮށް އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި މިމަހުގެ 14 ވަނަ ދުވަހު ޖަލަށްލާފައިވަނީ ގއ. ގެމަނަފުށި، ރަންކޮކާގެ، އުމުރުން 36 އަހަރުގެ ނަދީފް މުހައްމަދެވެ. 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހިނގި މި ހާދިސާގެ ހުކުމް ކްރިމިނަލް ކޯޓުން ކުރީ މިދިޔަ ހަފްތާގައެވެ.
ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ އާންމު ތަނެއްގައި ހުރި މީހަކު، އެމީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަގްސަދު ހާސިލު ނުވާނެ އަމަލަކުން މީހުން ބިރުގަންނަ ފަދަ ހާލަތެއް އުފެއްދުމުގެ ދައުވާއެވެ. މި ދައުވާގެ ކުށް ސާބިތުވެ، އޭނާގެ މައްޗަށް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ނަދީފް ވަނީ ދިރާގު ފިހާރައަށް ވަދެ، އޭނާއަކީ އައިސިސް މީހެއް ކަމަށް ބުނެ، ބޮން ގޮއްވުން ފަދަ ކަންކަން ކުރާ ކަމަށް ބުނެ އިންޒާރު ދީފައެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި ނަދީފަކީ، ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މި ފަހުން ހައްޔަރު ކުރި މީހެކެވެ.
ގުޅުން ހުރި ޙަބަރުތައް
ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް
6 ގަޑިއިރު ކުރިން

ބީއެމްއެލްއިން ޑޮލަރު ވިއްކައިގެން ރާއްޖެއިން ބޭރުވާ މިންވަރު %33.33 އިތުރުވެ، މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު!
6 ގަޑިއިރު ކުރިން

އިސްލާމިކް ރިފައިނޭންސިންގ އޯޕަންޑޭ ކާމިޔާބުކަމާއެކު ނިންމާލައިފި
6 ގަޑިއިރު ކުރިން

އަތޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކުގެ ހިންގުން ހަރުދަނާކުރުމަށް ޚާއްޞަ އޮރިއެންޓޭޝަން ޕްރޮގްރާމެއް!
8 ގަޑިއިރު ކުރިން


