
ފައްތާހުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މުޙައްމަދު ފަޟްލޫން - 31 ޑިސެމްބަރު 2025 - 05:04
ކުރީގެ ޑައިރެކްޓަރ އަބްދުލްފައްތާހު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ގައުމީ ހިދުމަތުގެ އިނާމު ޙާޞިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ ޢަބްދުލްފައްތާޙް ޢަބްދުލްގައްޔޫމް ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ.
އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ފައްތާހު ނިޔާވީ ކުއްލިގޮތަކަށް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެންނެވެ.
ހާޓް އެޓޭކް ޖެހުމުން ފުރަތަމަ ކުޅުދުއްފުށްޓަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް އެއަށްވުރެ އަވަހަށް ދެވެން އޮތީ ދިއްދޫއަށް ކަމަށްވުމުން ނިޔާވީ ދިއްދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތީގައިކަމަށް މައުލޫމާތު ލިބެއެވެ.
ފައްތާހު ނިޔާވީ އުމުރުން 54 އަހަރުގައެވެ.
ފައްތާހު ވަނީ 2004 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ.
2007 ވަނަ އަހަރު މިއަދު ކްރިސްޓަލް އެވޯޑުގެ ބެސްޓް އެޑިޓިން އަދި ބެސްޓް ޑަައިރެކްޓަރުގެ އެވޯޑު ފައްތާހު އަށް ވަނީ ލިބިފައެވެ. އަދި އޭނާ ވަނީ 4 ވަނަ ގައުމީ ފިލްމު އެވޯޑުގައި ބެސްޓް ސްކްރީން ޕްލޭ ބެސްޓް އާޓް ޑައިރެކްޝަން އަދި ބެސްޓް މޭކަޕް ވެސް ހޯދާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޕްރޮޖެކްޓް އައިލާ ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސް ކަނޑައަޅުއްވައިފި
35 މިނިޓު ކުރިން

މިހާތަނަށް 96 މަސާޖް ޕާލާ ބަންދުކޮށްފިން: ރައީސް ޑރ މުއިއްޒު
36 މިނިޓު ކުރިން

ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި
36 މިނިޓު ކުރިން

ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
ގަޑިއިރެއް ކުރިން


