logo

ހުރަވީ ދުވަހަކީ ގައުމަށް ޚިޔާނަތްތެރިވުމާއި ވަފާތެރިވުމުގެ މިސާލެއް: މިނިސްޓަރ އާދަމް ނަސީރު

profile

މަރްޔަމް ލީމް އަބޫބަކުރު - 04 ޑިސެމްބަރު 2024 - 23:30

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރ އާދަމް ނަސީރު އިބްރާހިމް---ފޮޓޯ:އަސްލު ޓީވީ

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރ އާދަމް ނަސީރު އިބްރާހިމް---ފޮޓޯ:އަސްލު ޓީވީ

ހުރަވީ ދުވަހަކީ ގައުމަށް ޚިޔާނަތްތެރިވުމާއި ވަފާތެރިވުމުގެ މިސާލު ފެންނަ ދުވަހެއްކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރ އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބާތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތްފަހުން މިފަދަ މުނާސަބުތަކަށް ނުހަނު ބޮޑު އިސްކަމެއްދެމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

ހުރަވީ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރުމުގެ ބޭނުމަކީ މިފަދަ ދުވަސްތަކާއިމެދު ވިސްނުން ކަމަށާއި ދިވެހިރާއްޖެ ސަލާމަތުން ބެހެއްޓުމުގައި ދިވެހީން ދެމުންދާ ސަމާލުކަމާއި ފަރުވާތެރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހީން އިސްކުރި ގައުމީ މަސްލަހަތާއި، ބެހެއްޓި އަމާނަތްތެރިކަމަށް މިނިސްޓަރ ޝުކުރު ދަންނަވާފައި ވެއެވެ.

" ދޮންބަންޑާރައިންގެ މަސައްކަތްޕުޅުން ފެންނަނީ ގައުމަށް ވަފާތެރިވެވަޑައިގަތުން. އަނެއް ފަރާތުން ބޭރުގެ މީހުނާއި ގުޅިގެން ގައުމާ މެދު ދޮގުހަދައި ވާހަކަ ފެތުރި ޝަމްސުއްދީނާއި މުހްޔިއްދީންގެ ފަރާތްޕުޅުން ފެނިގެންދިޔައީ ގައުމަށް ޚިޔާނަތްތެރިވުން. " މިނިސްޓަރ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޅުދޫކަރައިގައިވާ ފަތްކޮޅަކީ ދިވެހީންގެ ތަރިކައާއި މިގައުމު ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ ހަގީގީ ހެކިކަމަށް މިނިސްޓަރ ވިދާޅުވިއެެވެ. އަދި މި ފަތްކޮޅަކީ އެތައް މާނައެއް އެކުލެވޭ އެއްޗެއް ކަމަށާއި ރާއްޖޭގައި ދިވެހީންގެ ވަޒަންވެރިކަމަކީ އެއްވެސް ތާރީޚަކުން ނޭނގޭހާ ދޮށީ އެއްޗެއްކަމަށް ވިދާޅުވިއެވެ.

މި ޖަލްސާއަކީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ދޮންބަންޑާރައިން ކުރެއްވި ޖިހާދުގެ ހަނދާނަށް ހާއްސަކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ދެމެހެއްޓުމުގެ މުހިންމުކަމަށް އަލިއަޅުވާލައި، ގައުމީ ބަތަލުންނަށް ޝުކުރު އަދާކޮށް ޒިކުރާ އައު ކުރުމަށް ބާއްވާ ޖަލްސާއެކެވެ.

https://int.etukuri.mv/
tel:+9607331319