logo
ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޚާއްޞަ ރިޔާސީ އިންކުއެރީ ކޮމިޝަން/ ފޮޓޯ: އަސްލު ޓީވީ

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޚާއްޞަ ރިޔާސީ އިންކުއެރީ ކޮމިޝަން/ ފޮޓޯ: އަސްލު ޓީވީ

ޔުމްނު ވެއްޓުނު ހާދިސާގެ ރިޕޯޓު 2 ހަފުތާ ތެރޭގައި ރައީސަށް އެރުވޭނެ: ކޮމިޝަން

profile

އައިޝަތު އިބްރާހިމް - 01 ޖޫން 2025 - 06:56

މާލޭގެ ޢިމާރާތެއްގެ މަތިން މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމާ 2 ހަފްތާ ތެރޭ ފައިނަލް ރިޕޯޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވޭ ވަރުވާނެ ކަމަށް މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް އުފެއްދި އިންކުއެރީ ކޮމިޝަނުން ބުނެފިއެވެ.

https://wamco.com.mv/

ރިޔާސީ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މައްސަލަ ތަޙުޤީޤު ކުރުމަށް ކޮމިޝަނަށް މަތިކޮށްފަވާ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަމަށެވެ.
އަދި މިވަގުތު ކުރަމުންދަނީ ތަޙުޤީޤުގެ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތްކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މައްސަލައިގެ ފައިނަލް ރިޕޯޓް އެކުލަވާލާ، ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅޭނެކަމަށް އުއްމީދުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިންކުއެރީ ކޮމިޝަނުން ބުނެފައިވެއެވެ.

މި ކޮމިޝަންގެ މަސައްކަތްތަކަށް ބަލާއިރު މިހާތަނަށް އައިރު މި ކޮމިޝަނުންވަނީ، މި މައްސަލައާއި ގުޅިގެން ކަމާބެހޭ ފަރާތްތަކާ ސުވާލުކޮށްފައެވެ. އެގޮތުން މައްސަލައިގެ ހިމެނޭ ރައުދު އަޙްމަދު ޒިލާލާއި ބައްދަލުކޮށް ސުވާލުކޮށް މަޢުލޫމާތު ހޯދާފައިވާ ކަމަށްވެސް ކޮމިޝަނުން ކުރިންވަނި ބުނެފައެވެ. އަދި ފަހުންވަނީ މި މައްސަލައިގައި އާއްމުންގެ ފަރާތުން މަޢުލޫމާތު ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއް ހުޅުވާލާ، މަޢުލޫމާތު އެއްކޮށްފައިކަމަށްވެސް ބުނެއެވެ.

ކޮމިޝަނުން ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި ތަޙްޤީޤްތަކަށް އެހީތެރިވާން ރާއްޖެއިން ބޭރުގެ ކަމާގުޅޭ ފަރާތްތައް ގެނައުމާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުން ހިމެނެއެވެ. އަދި މީހުން ހައްޔަރު ކުރުމާއި ޖިނާޢީ ތަޙްޤީޤުތަކާއި ގުޅޭ ކޯޓު ޢަމުރުތަކަށް އެދުމުގެ ބާރު ވެސް ކޮމިޝަނަށް ވަނީ ދީފައެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަޙުގިގުކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ޤަރާރަކުން އިންކުއަރީ ކޮމިޝަން އުފެއްދެވީ އޭޕްރިލް މަހުގެ 27ވަނަ ދުވަހުއެވެ. ކޮމިޝަން އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުޙައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުޙައްމަދާއި އައިމިނަތު އީނާސްއެވެ. ކޮމިޝަންގެ ރައީސަކީ މުޙައްމަދު މުނައްވަރެވެ.

އޭޕްރިލްމަހުގެ 18 ވަނަ ދުވަހު ހެނދުނު ހެންވޭރު ގެއެއްގެ ފުރާޅުމަތީގައި މީހާކު ވެއްޓިފައި އޮތްކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެދުވަހުގެ ހެނދުނު 07:23 އެހާއިރުއެވެ. 21 އަހަރުގެ ޔުމްނު އަންނަނީ، ލިބުނު އަނިޔާތަކަށް މެލޭޝިއާގައި ފަރުވާ ހޯދަމުންނެވެ. މައްސަލައިގެ ތަޙުޤީޤުގައި ދިވެހި 2 ފުލުހަކު މެލޭޝިއާގައި ތިބިކަމަށް، ފުލުހުންގެ އިދާރާއިން ދާދި ފަހުން ބުނެފައިވެއެވެ

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށުގައި ހުރީ އެންމެ މީހެކެވެ. އެއީ ގ.އެރިއަދޫ، ރައުދު އަޙްމަދު ޛިލާލްއެވެ.

https://wamco.com.mv/
https://www.aslu.com.mv