logo

ކަނޑުތައް ގަދަވެއްޖެ، ދަތުރުކުރުން ރައްކާތެރިއެއް ނޫން: މެޓް އޮފީސް

profile

ޒިދާން މުޙައްމަދު - 06 އޮކްޓޯބަރު 2024 - 13:10

ރާއްޖެއަށް މޫސުން ގޯސްވުން

ރާއްޖެއަށް މޫސުން ގޯސްވުން

ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. އަދި މިސަމާލުގެ މުއްދަތަކަށް ދީފައިވަނީ މިއަދު ހެނދުނު 11:00 އިން މެންދުރު 15:00 ނިޔަލެވެ.

ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހުލަނގުމޫސުމުގެ ބާރުގަަދަވެ ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު މޫސުން ގޯހެވެ. އެހެންވެ، މެޓް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް އެލާޓްތައް ނެރެމުންނެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކަނޑުތައް ގަދަވުމުން ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރެއް ނޫނީ ނުކުރުމަށް ކަމާ ބެހޭ އިދާރާތަކުން އަންގައެވެ.

ހުޅަނގު މޫސުން ރާއްޖެއަށް ޢާންމުގޮތެއްގައި ފެށެނީ މޭމަހު މެދެއްހާ ތަނުންނެވެ، މިމޫސުން ނޮވެންބަރުގެ ނިޔަލަށް ދެމިގެންދެއެވެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.

https://wamco.com.mv/
tel:+9607331319