logo

ރައީސް، އަޒަރްބައިޖާންގެ ރައީސާ ބައްދަލުކުރައްވައިފި

profile

އައިޝަތު އިނާޝާ - 15 ނޮވެމްބަރު 2024 - 01:07

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29) ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ކޮޕް29 ސަމިޓް، ކާމިޔާބު ސަމިޓަކަށް ހެއްދެވުމަށް އަޒަރުބައިޖާނުން ކުރައްވާފައިވާ މަސައްކަތްތަކަށާއި، ދިވެހި ވަފުދަށް ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަލިޔޭވްއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދާދި ފަހުން ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެދަތުރުތައް ފަށާފައިވާކަން ފާހަގަކުރައްވައި އަޒަރުބައިޖާނުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތުއެރުވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް އަލިޔޭވް ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ރާއްޖެއިން ދައްކަމުންދާ ލީޑަރޝިޕަށް ތަޢުރީފު ކުރައްވައި، ކޮޕް29 ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވީތީ ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން މިބައްދަލުކުރެއްވުމުގައި، ކޮޕް-29 ސަމިޓަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް ކާމިޔާބު މަންސައަކަށް ހެދުމާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319