logo

އަލިފާނުން ރައްކާތެރިވުމުގެ ހަފްތާގެ ހަރަކާތްތައް ނިންމާލައިފި

profile

ޝަހްޒާ މުޙައްމަދު - 08 ފެބްރުއަރީ 2026 - 05:56

މި މަހު އެމްއެންޑިއެފުން "އުނދުން ނިވާލިންތޯ" ގެ ޝިޔާރުގެ ދަށުން ކުރިއަށްގެންދިޔަ އަލިފާނުން ރައްކާތެރިވުމުގެ ހަފްތާ ނިންމާލައިފިއެވެ.

https://wamco.com.mv/

މިމަހުގެ 1 އަކުން 7 އަކާއި ހަމައަށް މުޅިރާއްޖެއަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މާލެ ސަރަހައްދުން އަމީނިއްޔާ ސްކޫލާއި، މުހިޔިއްދީން ސްކޫލް ހުޅުމާލޭގެ ރެހެންދި ސްކޫލް އަދި ސަލާހުއްދީން ސްކޫލުގައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ހުރިހާ އޭރިއާ ކޮމާންޑު ތަކެއްގެގައި މިހަރަކާތް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެމްއެންއެޑީއެފުން ވަނީ މި ހަރަކާތުގައި ބައިވެރިވި މީހުންނަށް، ފަޔަ ބްލޭންކެޓް ބޭނުންކޮށްގެން އަލިފާން ނިއްވަން ދަސްކޮށްދީ، ރައްކާތެރި ގޮތުގައި އަލިފާން ބޭނުން ކުރާނެ އުކުޅުތައް ދަސްކޮށްދިނުމުގެ އިތުރުން ބަދިގެ ތެރޭގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ކަރަންޓުގެ ޒަރިއްޔާއިން ހިނގާ އަލިފާނުގެ ހަދިސާތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީފައެވެ.

އަލިފާނުން ރައްކާތެރިވުމުގެ ހަފްތާގެ އެންމެ ފަހު ސެޝަން ހޮނިހިރުދުވަހުގެ ރޭ 20:00 އިން 22:00 އަށް ހުޅުމާލެ ފެސް 1 ގެ ރެހެންދި ސްކޫލުގައި ވަނީ ބާއްވާފައެވެ. މިސެޝަނާއެކު މިހަރަކާތް ނިމުނު ކަމުގައި ވިޔަސް އަދިވެސް އަލިފާނުން ރައްކާތެރިވެ ތިބުމަށް ދަސްކޮށްދޭ އިތުރު ހަރަކާތްތައް މިއަހަރުގެ ކުރިއަށް އޮތް ތަނުގައި ކުރިއަށްދާނެކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay