logo

އަޒަރްބައިޖާން އެއާލައިންސް އިން ބަކޫއާއި ވީއައިއޭ އާ ދެމެދު ސީދާ ދަތުރުތައް ފަށައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 09 ނޮވެމްބަރު 2024 - 16:54

އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް އަޒަރުބައިޖާން އެއާލައިންސްގެ ސީދާ ދަތުރުތައް ފަށައިފި އެވެ.

އަޒަރުބައިޖާން އެއާލައިންސްގެ ފުރަތަމަ ފްލައިޓް ވީއައިއޭއަށް ޖެއްސީ މިއަދު ހެނދުނު 09:45 ގަ އެވެ. މި ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

އެ ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފް މުހައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަމްއާން، އަދި މުޖުތަބާ ލަތީފްގެ އިތުރުން ކުންފުނީގެ އިސްބޭފުޅުން ބައިވެރިވެރިވެވަޑައިގެންނެވި އެވެ.

އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވީ، އާ ރޫޓުގެ ސަބަބުން ދެ ގައުމުގެ މެދުގައި ދަތުރުފަތުރުގެ ގުޅުން ވަރުގަދަވެ، އަޒަރުބައިޖާނުން ދިވެހިރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިގެންދާނެ ކަމަށެވެ.

އަޒަރުބައިޖާން އެއާލައިންސްގެ ޗީފް ކޮމާޝަލް އޮފިސަރު ޖަމީލް މަނިޒާޑޭ ވިދާޅުވީ ވިންޓާ ސީޒަންގައި ރާއްޖެ ފަދަ މަގުބޫލް މަންޒިލަކަށް ސީދާ ދަތުރުތައް ފެށުމަކީ އަޒަރުބައިޖާނުގެ ފަތުރުވެރިންނަށް ލިބޭ ބޮޑު ފަސޭހައެއް ކަމަށެވެ.

ބަކޫ އާއި ވީއައިއޭއާ ދެމެދު އެ އެއާލައިނުން ހަފްތާއަކު ދެ ފްލައިޓެއް އޮޕަރޭޓް ކުރާނެ އެވެ. މި ދަތުރުގައި ބޭނުންކުރާނީ އެއާބަސް ބީ 787 މަރުކާގެ މަތިންބޯޓެވެ.

https://int.etukuri.mv/
tel:+9607331319