logo

އެއާ އެރޭބިއާއިން ޝާރްޖާއާއި ވީއައިއޭއާ ދެމެދު ދަތުރުތައް ފަށައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 27 އޮކްޓޯބަރު 2024 - 22:03

އެއާ އެރޭބިއާ އިން ޝާރުޖާ އާއި ވީއައިއޭ އާ ދެމެދު ދަތުރުތައް ފެށުން

އެއާ އެރޭބިއާ އިން ޝާރުޖާ އާއި ވީއައިއޭ އާ ދެމެދު ދަތުރުތައް ފެށުން

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝާރްޖާއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަށް އެއަރ އެރޭބިއާގެ ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.

އެއާ އެރޭބިއާގެ ފުރަތަމަ ފްލައިޓު ވީއައިއޭއަށް ޖައްސާފައިވަނީ މިއަދު މެންދުރު 01:28 ގަ އެވެ. އެ ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސަޑަރު ހަސަން ވަހީދާއި، އެއާ އެރޭބިއާގެ ޔޫ.އޭ.އީގެ އޭރިއަރ މެނޭޖަރ ޝަހްޒަދް ނަގްވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އެމްއޭސީއެމްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ވީއައިއޭއާއި ޝާރްޖާއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަކީ މެދުއިރުމަތީގެ އިތުރުން ދުނިޔޭގެ ގިނަ ސިޓީތަކާއި ރާއްޖެއާއި ދެމެދު ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. އަދި މިގޮތަށް އުފެދޭ އިތުރު ކޮންމެ ގުޅުމަކާއެކު ސަރަހައްދީ ވައިގެ ދަތުރުފަތުރާއި އެ ސިނާއަތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަގާމު ރަނގަޅުވެގެންދާނެ ކަމަށެވެ.

ޝާރްޖާއާއި ވީ.އައި.އޭއާއި ދެމެދު އެއަރ އެރޭބިއާއިން ދުވާލަކު ފްލައިޓެއް އޮޕަރޭޓްކުރާނެ އެވެ. މިދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓެވެ.

އެއަރ އެރޭބިއާއަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ފުރަތަމަ އަދި އެންމެ ބޮޑު ލޯ-ކޮސްޓް ކެރިއަރއެވެ. މި އެއަރލައިނުން މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ އަދި ޔޫރަޕްގެ 170 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރެއެވެ.

https://wamco.com.mv/
tel:+9607331319