logo

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ނައިބު ރައީސް އިފްތިތާޙު ކޮށްދެއްވައިފި

profile

އައިޝަތު އިނާޝާ - 06 ނޮވެމްބަރު 2024 - 13:15

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ''ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ އެކަމަށް ޚާއްޞަކޮށްގެން އިއްޔެ ހަވީރު ކުޅުދުއްފުށި ސިޓީގައި ބޭއްވިރަސްމިއްޔާތެއްގައެވެ.

"ހަށިހެޔޮ ރާއްޖެ" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުން ވޭތުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކުޓަރ މުޙައްމަދު މުޢިއްޒު ވަރަށްވެސް އިސްކަމެއްދެއްވާ ކަމެއްކަމަށާއި، މިއަދު ފުރިހަމަވެގެން މިދިޔައީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމުގައެވެ.

އަދި އާބާދީގެ ނިސްބަތުން އެރަށަކަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދީ، ރައްޔިތުންނާހަމައަށް އެ ޚިދުމަތްތައް، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ފޯރުކޮށްދިނުމަށް ކަމާގުޅުން ހުރި ވުޒާރާތަކުން މަސައްކަތް ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ނިންމަވާލައްވަމުން، އިފްތިތާޙުކުރެވުނު ޕްރޮގްރާމުން ލިބުނު ތަމްރީނުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޕްރޮގްރާމުން ލިބުނު މަޢުލޫމާތު ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދީ މި ޕްރޮގްރާމުން ތަމްރީނުވި ސްޕޯޓްސް ކައުންސިލަރުންނާއި އަދި ޔޫތު އެސޯސިއޭޓުން، ކުރަންޖެހޭ މަސައްކަތް ފުރިހަމަ ގޮތުގައި ކޮށްދޭނެ ކަމަށް ޔާޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އަދި މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ފެތުރިގެން ދާނެ ޕްރޮގްރާމެއް ކަމަށާއި، މިއަދު ކުޅުއްދުއްފުށީގައި މި ކުރިއަށްދިޔައީ ފެށުމެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމަކީވެސް މި ސަރުކާރުގެ ހަފުތާ 14ގެ ވަޢުދުތަކުގައި ހިމެނޭ، މޮޅެތި އެތުލީޓުން އުފެއްދުމާބެހޭ ދިގު ރާސްތާގެ ޕްރޮގްރާމް ފަރުމާކުރުމުގެ ސިޔާސަތުގެ ތެރެގައި ހިމެނޭ ކަމެކެވެ. އަދި މިކަމަކީ މީހުން ބިނާކުރުމާއި ތަމްރީނުކުރުމަކީ ޤައުމުގެ ކުރިމަގު އުޖާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ތެރޭގައިވެސް ހިމެނޭކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުދުއްފުށީ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ މާލެ ވަޑައިގަންނަވާފައެވެ.

https://wamco.com.mv/
tel:+9607331319