
މަސްތުވާތަކެތީގެ މައްސަލައެއްގައި އެންޑީއޭގެ މުވައްޒަފަކު އަނެއްކާވެސް ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 25 ނޮވެމްބަރު 2025 - 07:25
މަސްތުވާތަކެތީގެ މައްސަލައެއްގައި ނޭޝަނަލް ޑްރަގް އޭޖެންސީ އެންޑީއޭގެ މުވައްޒަފަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މި ފަހަރު ހައްޔަރުކުރީ ގދ. ގައްދޫއަށް ނިސްބަތްވާ، އުމުރުން 42 އަހަރުގެ އިސްމާޢިލް އަބްދުالله އެވެ.
އިސްމާއިލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯމަ ދުވަހު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. އަދި އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމީ 5 ދުވަހަށް އޭނާ ބަންދުކުރުމަށެވެ.
ކޯޓުގައި ފުލުހުން ބުނީ، އިސްމާޢިލް އަބްދުالله ހައްޔަރުކުރީ އޭނާ ވައްޓާލި އެއްޗެއްގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅެއް ފެނުމުންނެވެ.
އިސްމާއިލް އަބްދުﷲ ގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރި އިރު ޓީއެޗުސީއަށް ޕޮޒިޓިވްވެފައިވާކަމަށް ވެސް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
މި މައްސަލަ އާއި ގުޅިގެން އިސްމާޢިލް އަބްދުالله ކޯޓުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އޭނާ ބުނީ ވަކީލަކު ބޭނުންވާ ކަމަށާއި، އެންޑީއޭގެ ވަޒީފާގައި އުޅޭ ކަމަށެވެ. މީގެ އިތުރުން އޭނާއަކީ ކުޑަ ދަރިންތަކެއްގެ ބައްޕައެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
މިފަދަ މައްސަލައެއްގައި މިދިޔަ ހަފްތާގައި ވެސް ފުލުހުން ވަނީ އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފައެވެ.
އައްޑޫ ސިޓީ ފޭދޫ އަށް އުފަން ފްލޮރިޑާ ގެއަށް ނިސްބަތްވާ އުމުރުން 51 އަހަރުގެ މުހައްމަދު ފަސީހް ނަމަކަށް ކިޔާ މި މީހާ ހައްޔަރުކުރީ މިމަހުގެ 4 ވަނަ ދުވަހު އެންޑީއޭއިން ހުށަހެޅި މި މައްސަލައާ ގުޅިގެންނެވެ.
ފަސީހް އަކީ އެންޑީއޭގައި ޕިޔަރ މެންޓަރ އެއްގެ ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރީ އޭނާ އެތަނަށް ފަރުވާއަށް ދާ ބައެއް މުވައްޒަފުންނަށް މަސްތުވާތަކެތިދީގެން ނަހަމަ ގުޅުން ހިންގާ ކަމުގެ ތުހުމަތެވެ. ކޯޓުން ވަނީ ފަސީހުގެ ބަންދަށް އިތުރު 15 ދުވަސް ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ލޯކާ ބްރޭންޑްގެ 100 އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
2 މިނިޓު ކުރިން

ހައްޖު، އުމްރާ ކޮންފަރެންސް ފަށައިފި
2 ގަޑިއިރު ކުރިން

ލޯކާ ބްރޭންޑްގެ 100 އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
2 ގަޑިއިރު ކުރިން

އަނެއްކާ ވެސް މަސާޖް ޕާލާތަކަކުން ބަޔަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން


