logo

އަސްލު ޓީވީއަށް ދެ އަހަރު ފުރިއްޖެ

profile

ޝަހްޒާ މުޙައްމަދު - 25 ޖެނުއަރީ 2026 - 03:16

އަސްލު ޓީވީގެ ޚިދުމަތަށް ދެ އަހަރު ފުރިއްޖެއެވެ. އަސްލު ޓީވީގެ ޚިދުމަތް ފަށާފައިވަނީ މީގެ ދެ އަހަރު ދުވަސްކުރިން 25 ޖެނުއަރީ 2024 ގައެވެ.

https://wamco.com.mv/

އަސްލުޓީވީއަށް ދެ އަހަރު ވުމާއި ގުޅިގެން މިއަދު މި ޓީވީއިން ހާއްސަ ކަވަރޭޖެއް ގެނެސްދެއެވެ. އެ ގޮތުން ރޭ ބާރަޖެހިއިރު، ވަނީ އަހަރީ ދުވަހުގެ ހާއްސަ ލޯގޯއާއި ލަވަ ލޯންޗްކޮށްފައެވެ.

އަހަރީދުވަހާއި ގުޅިގެން ގެނެސްދޭ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި، މެހެމާނުންގެ އިންޓަވިއުތައް ހިމެނެއެވެ. އަދި ބެލުންތެރިންނަށް ވަރަށް ހާއްސަ އިނާމު ލިބޭ ޕްރޮމޯޝަނެއް ފެށުން ވެސް އޮވެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި، ސްޓާފުންގެ ގޭމް ޝޯއެއް ވެސް އޮވެއެވެ.

އަސްލުޓީވީއަށް ދެ އަހަރު ފުރުނު އިރު، އަސްލު ޓީވީއަކީ، މިއަދު ބެލުންތެރިންގެ މެދުގައި މަގުބޫލު ޓީވީއަކަށް ވަނީވެފައެވެ. އަސްލު ޓީވީގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި ހިނގި ކުދިބޮޑު ހާދިސާތަކާއި ޚަބަރުތައް ވަނީ ގެނެސްދީފައެވެ. އިންތިޚާބުތަކާއި ސިޔާސީ ހަރަކާތްތަކާއި އިންޖުތިމާޢީ މައްސަލަތަކާއި ގުދުރަތީ ކާރިސާތަކުގެ ހާލަތްތަކާއި ކާރިސާތަކާއި ހާދިސާތައް ފަދަ އެތައް ކަމެއްގެ އަސްލު ރާއްޖޭގެ ގިނަދުވަސްވީ ޓީވީ ޗެނަލްތަކާ އެއްހަމައެއްގައި ގެނެސްދެވުނެވެ. މީގެ އިތުރުން އިޖުތިމާޢީ، ދީނީ، ސިއްހީ، ތައުލީމީ، އިޤްތިޞާދީ އަދި ސިޔާސީ އެތައް ޕްރޮގުރާމެއް އުފައްދައި ބެލުންތެރިން ޝައުގުވެރިވާ ގޮތަށް އަސްލު ޓީވީގެ ހުނަރުވެރި ޓީމުން ވަނީ ގެނެސްދީފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay