logo

"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމް: ފާއިތުވި ހަފްތާގައި 1،616 އެޕްލިކޭޝަން ހުށަހަޅައިފި

profile

އައިޝަތު އިނާޝާ - 25 ޖެނުއަރީ 2026 - 07:21

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަޙައްދުން ދޫކުރާ ބިމާއި ފުލެޓަށް އެދި ފާއިތުވި ހަފްތާގެ ތެރޭގައި 1،616 އެޕްލިކޭޝަން ހުށަހަޅައިފިއެވެ.

https://wamco.com.mv/

އެގޮތުން ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނެނީ ބިމަށް އެދި ހުށަހެޅި 456 އެޕްލިކޭޝަނަކާއި ފުލެޓަށް އެދި ހުށަހެޅި 1،160 އެޕްލިކޭޝަނެކެވެ. އަދި ޑްރާފްޓް މަރުހަލާގައި 7،605 އެޕްލިކޭޝަން ހުރިކަން ފާހަގަކުރެވެއެވެ.

"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ދޫކުރުމަށްހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 (ފަނަރަ ހާސް) ގޯއްޗާއި 7900 (ހަތް ހާސް ނުވަ ސަތޭކަ) ފުލެޓެވެ. ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.

"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ދޫކުރާ ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 އެވެ. އަދި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޭޕްރިލް 2026 ވާ ހުކުރު ދުވަހުގެ 23:59 އެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ހޮޓްލައިން ނަންބަރު، 860-4004, 861-4004, 862-4004, 863-4004, 864-4004, 865-4004 ނުވަތަ މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ލިބޭނެއެވެ. އަދި މިނިސްޓްރީގެ ބޭރުގައި ގާއިމްކޮށްފައިވާ ހެލްޕް ޑެސްކަށް ދުރުވުމުންވެސް މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބޭނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay