logo

މެޗުގައި މާރާމާރީ ހިންގި މައްސަލައިގައި 10 މީހަކު ހައްޔަރުކޮށްފި

profile

އަހުމަދު ޒަލީފު - 14 ފެބްރުއަރީ 2024 - 09:15

ކުޑަހެންވޭރާއި ވިިކްޓްރީ ބައްދަލު ކުރި މެޗްގައި ހިންގި މާރާމާރީގެ ތެރެއިން؛ ފޮޓޯ: މިހާރު

ކުޑަހެންވޭރާއި ވިިކްޓްރީ ބައްދަލު ކުރި މެޗްގައި ހިންގި މާރާމާރީގެ ތެރެއިން؛ ފޮޓޯ: މިހާރު

އެމްޕީއެލް އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ފެބްރުއަރީ ހަތް ވަނަ ދުވަހުގެ ހަވީރު ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން މާރާމާރީ ހިންގި މަައްސަލަައިގައި 10 މީހަކު ހައްޔަރުކޮށްފިއެވެ.

މި މެޗުގެ ކުޅުން ދެވަނަ ހާފްގެ 81 ވަނަ މިނެޓުގައި ހުއްޓާލިއިރު، 3-1 އިން ކުރީގައި އޮތީ ވިކްޓަރީއެވެ. މެޗު ހުއްޓާލީ ދެ ޓީމުގެ ދެ ކުޅުންތެރިއެއް ދޭތެރޭ ހިނގި ހަމަނުޖެހުމަކަށް ފަހު، ދެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ މެދުގައި ވެސް ހަމަނުޖެހުން ބޮޑުވެގެންނެވެ.

ފަހުން އެ މެޗްގެ ބާކީ ބައި ވަނީ ކުޅެފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގަލޮޅު ދަނޑުގައި ހިނގި މާރާމާރީގެ މައްސަލައިގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

https://int.etukuri.mv/
tel:+9607331319