logo
ޕީއެންސީގެ ޕީޖީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް

ޕީއެންސީގެ ޕީޖީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް

އިންތިހާބުގައި އެމްޑީޕީއިން 450 ގޮނޑިއަށް ވާދައެއް ނުކުރޭ: ފަލާހް

profile

މުޙައްމަދު ފަޟްލޫން - 24 ފެބްރުއަރީ 2026 - 08:31

ލޯކަލް ކައުންސިލްގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއިން ލޯކަލް ކައުންސިލްގެ 450 ގޮނޑިއަށް ވާދަ ނުކުރާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕީޢެންސީ ތިނަދޫ ސިޓީގެ މާލެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށް ވަކާލާތުކުރާ އެމްޑީޕީން މި އިންތިހާބުގައި ވާދަނުކުރާ 450 ގޮނޑި ހިމެނޭ ކަމަށެވެ.

މިއީ ރައްޔިތުން ވިސްނަންޖެހޭ ކަމެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ 1352 ގޮނޑީގެ ތެރެއިން 450 ވަރަކަށް ގޮނޑިއަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ނުލިބުނު ކަމަށާއި އެކަމުންވެސް އެމްޑީޕީއަށް އޮތް ތާއީދު ފަނޑުވަމުންދާކަން ހާމަވާކަމަށެވެ.

ފަލާހު ވިދާޅުވީ ދެން ހުރި ސިޔާސީ ޕާޓީތަކަށް ބަލާއިރު، އެ ޕާޓީތަކުން ވާދަކޮށްފައި ހުރީ ހަތަރެއް ނުވަތަ ފަސް ވަރަކަށް ގޮނޑިއަށް ކަމުން އެ ޕާޓީތަކުގެ ވާހަކަ ނުދައްކަވާނެ ކަމަށެވެ.

ޒިންމާދާރު މަސައްކަތްތަކެއް ކުރާ އިދިކޮޅު ސިޔާސީ ޕާޓީތައް އޮންނަން ޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

އެމްޑީޕީއަށް މިއަދު ދިމާވެފައިވާ ހާލަތަކީ، 2008 އިން ފެށިގެން ރާއްޖޭގެ އިޖްތިމާއީ ފޭރާމާއި އިގްތިސާދާއި، ރާއްޖޭގެ މުޖުތަމައުއާއި، ދައުލަތަށް ދީފައި ހުރި ގެއްލުންތަކާއި، އެ ފަރާތްތަކުގެ ދޮގު ވާހަކަތައް ތަކުރާރުކުރަމުން މިއަދާއި ހަމައަށް އައި އައުމުން އެމްޑީޕީއަށް ވަނީ ރައްޔިތުންގެ ތާއީދު ގެއްލިފައި ކަމަށް ފަލާހު ވިދާޅުވިއެވެ.

އެމްޑީޕީ ގެ ކުރިމަގު ބަނަކޮށް އޮތްކަމަށް ވިދާޅުވެ ފަލާހް ވަނީ އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ގޮވާލައްވާފައެވެ.

ޕީއެންސީގެ ތިނަދޫ ސިޓީ މާލެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ތިނަދޫ ސިޓީއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ޕީއެންސީ ލީޑަރޝިޕްގެ ބޭފުޅުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk