
ބްރޫނާއީ ގައުމީދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

މުޙައްމަދު ފަޟްލޫން - 24 ފެބްރުއަރީ 2026 - 09:47
ބްރޫނާއީ ދާރުއްސަލާމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު، ސުލްޠާން ޙާޖީ ޙަސަނުލް ބުލްކިއާ މުޢިއްޒައްދީން ވަދާޢުﷲ އަށާއި، އެ ޤައުމުގެ ސަރުކާރަށާއި، އުޚުވަތްތެރި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދެ ޤައުމުން ހިއްސާކުރާ ގިޔަމުތަކުގެ މަތީގައި ބިނާކުރެވިފައިވާ، ޒަމާންވީ، އުޚުވަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ދުވަސްވީ ރަޙުމަތްތެރިކަން ބަދަހިވަމުންދާނޭކަން ޔަޤީންކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުގައި މިހާރަށް ވުރެ ބޮޑަށް ގުޅިގެން، ގާތުން މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާ، އެ ފަދަ މަސައްކަތްތަކަކީ ދެ ޤައުމަށްވެސް ފައިދާކުރާނޭ މަސައްކަތްތަކެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ ސިޓީފުޅުގައި ވަނީ، ބްރޫނާއީގެ ރަސްގެފާނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ އުޚުވަތްތެރި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ދެމިގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޔޫއޭއީ ސަފީރު، ރައީސް މުއިއްޒުގެ އަރިހަށް ޒިޔާރަތްކުރައްވައިފި
13 މިނިޓު ކުރިން

އެސްޓޯނިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
15 މިނިޓު ކުރިން

ޖަޕާނުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
3 ގަޑިއިރު ކުރިން

އިންތިހާބުގައި އެމްޑީޕީއިން 450 ގޮނޑިއަށް ވާދައެއް ނުކުރޭ: ފަލާހް
4 ގަޑިއިރު ކުރިން


.gif&w=3840&q=75)