
ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގު ދަށްވާން ފަށައިފި

ރިޟްވާން މޫސާ - 21 ޖޫން 2026 - 15:02
މާލޭ ލޯކަލް މާރުކޭޓުގައި ޖުމްލަ ގޮތެއްގައި ތަކެތީގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓި ތަކެތި ލިބުމުގައި ދަތިތަކެއް މިދުވަސްވަރު ނެތްކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.
ލޯކަލް މާރުކޭޓުގައި އާންމުކޮށް ވިއްކާ ބާވަތްތަކުގެ އަގުތައް ބަލާލުމަށް މިއަދު ލޯކަލް މާރުކޭޓަށް ދިއުމުން "އަސްލު ޓީވީ" އަށް ވަނީ ވަރަށް ގިނަ ވިޔަފާރިވެރިންގެ އިންޓަރވިއުަތއް ދީފަ އެވެ. ހުރިހައިވިޔަފާރިވެރިން ވެސް ފާހަގަކޮށްފައި ވަނީ ޖުމްލަ ގޮތެއްގައި މިދުވަސްވަރު ތަކެތީގެ އަގުތައް މި ދުވަސްވަރުގެ އާންމު ރޭޓު ނުވަތަ އެއް ހަމަ އެއްގައި ހިފެހެއްޓިފައި ހުރި ކަމަށެވެ.
ތަކެތީގެ އަގުތައް އުފުލެން މެދުވެރިވާ މައިގަނޑު ސަބަބެއް ކަމުގައި ބެލެވެނީ ދަތުރުފަތުރު ކުރުމުގެ ނިޒާމަށް އަންނަ ބަދަލުތަކެވެ. ރަށްރަށުން މާރުކޭޓަށް ބޭނަުންވާ ތަކެތި ގެނައުމުގައި މީގެ ކުރިން ވިއްސާރަ ވުމުގެ ސަބަބުން ދަތިތަކެއް ހުރި ކަމުގައި ވިނަމަވެސް މިހާރު ބާޒާރަށް ތަކެތި ރަށްރަށުން ގެނައުމުގައި ބާޑެތި ދަތިތަކެއް ނެތް ކަން ވިޔަފާރިވެރިން ފާހަގަކުރި އެވެ.
އިޤްތިޞާދީ ނަޒަރަކުން ބަލާ ނަމަ، ޑިމާންޑަށްވުރެ ސަޕްލައި ދަށްވުމަކީ ތަކެތީގެ އަގު އުފުލިގެންދާނެ ކަމެކެވެ.
މާލޭ މާރުކޭޓްތަކުގައިި ކެއްކުމާއި ކައުންބުއިންތައް ތައްޔާރުކުރުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މިވަނީ އެއް ހަމައެއްގައި ހިފެހެއްޓިފައި އެވެ.
ބާޒާރުން 100 ގްރާމް މިރުސް ގަންނަން މީގެ ކުރިން ލިބެން ހުރީ 35 ރުފިޔާއާއި 40 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އެކަމަކު މިހާރު ބާޒާރުން 1 ކިލޯ މިރުސް ގަންނަން ލިބެން ހުރީ 60 ރުފިޔާއާއި 65 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. މިއީ މިރުހުގެ އަގު ބޮޑުވުމަށް ފަހު އެއް ހަމައެއްގައި މިރުސް ގަންނަން ލިބެންހުރި އާންމު ރޭޓެވެ.
ބާޒާރުން ލުނބޯ ކިލޯއެއް މީގެ ކުރިން ލިބެން ހުރީ 55 ރުފިޔާއާއި 65 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ނަމަވެސް ލުނބޯ ކިލޯއެއްގެ އަގު މިހާރު ވަނީ 40 ރުފިޔާއާއި 45 ރުފިޔާއާ ދެމެދުގެ އަގަކަށް ތިރިވެފައެވެ.
މީގެކުރިން 140 ރުފިޔާއާއި 150 ރުފިޔާއާ ދެމެދުގެ އަގެއްގައި ގަންނަން ލިބުނު އަނބު ކިލޯއެއް މިހާރު ބާޒާރުން ލިބެން ހުރީ 90 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
ކުރިން 150 ރުފިޔާއަށް ލިބެން ހުރި ޖުމްހޫރީ މޭވާ ކިލޯއެއްގެ އަގު މިހާރު ވަނީ 110 ރުފިޔާއާއި 120 ރުފިޔާއާ ދެމެދުގެ އަގަކަށް ވެށްޓިފައެވެ.
ކެރެޓްގެ އަގަށް ބަދަލު އައިސްފައި ނުވާއިރު ކެރެޓް ކިލޯއެއް ކުރިން އަދި މިހާރުވެސް ހުރީ 40 ރުފިޔާއިން ފެށިގެން 45 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. މީގެ އިތުރުން ފަތްޕިލާވެލީގެ ބާވަތްތަކުގެ އަގުތައް ވެސް ހުރީ ހަމަ އެއް އަގެއްގައި ހިފެހެއްޓިފައެވެ.
މިގޮތުން، ކުއްޅަފިލާފަތް ބޮނޑިއެއް ލިބެން ހުރީ 15 ރުފިޔާއާއި 20 ރުފިޔާ ދެމެދުގެ އަގެއްގައެވެ. ކޮޕީފަތް ބޮނޑިއެއްގެ އަގު 10 ރުފިޔާގައި ހުރިއިރު 100 ގްރާމް ލެޓިއުސް ގަންނަން ލިބެން ހުރީ 10 ރުފިޔާއާއި 15 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

ނައިބު ރައީސް، ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެންފި
7 ގަޑިއިރު ކުރިން

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމުގެ ހިތާމައިގަ ރައީސްގެ ތައުޒިޔާ!
11 ގަޑިއިރު ކުރިން

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފުތިތާހުކޮށްފި
ދުވަހެއް ކުރިން

އޭއީއެޗުން ކައިރި އަތޮޅުތަކުގަ އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރަނީ
ދުވަހެއް ކުރިން


.gif&w=3840&q=75)