
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު / ފޮޓޯ: މަޖިލިސް
ވަޒީރު ސައީދުގެ މައްޗަށް އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 04 ނޮވެމްބަރު 2026 - 08:12
އިގްތިސާދީ ތަރައްގީ އާއި ބެހޭ ވަޒީރު މުހައްމަދު ސައީދުގެ މައްޗަށް އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ވަޒީރު ސައީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ބުނާ މައްސަލަ ހުށަހެޅީ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނެވެ.
ވަޒީރު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގައި ނެގި ވޯޓްގައި އިތުބާރު ނެތްކަމަށް ފެންނަ ކަމަށް 10 މެމްބަރަކު ވޯޓް ދީފައިވާއިރު އިތުބާރު ނެތް ކަމަށް ނުފެންނަ ކަމަށް 54 މެމްބަރަކު ވަނީ ވޯޓް ދީފައެވެ.
ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، އޭނާއާ މަތިކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް އިހުމާލުވެ، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއަޅުއްވަމުން ގެންދަވާކަމަށް ތުހުމަތުކޮށެވެ.
މީގެއިތުރުން، އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުމުގައި އެދެވޭ ސިޔާސަތުތަކެއް ތަންފީޒުކުރެވިފައި ނުވާތީ، ޑޮލަރު ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް އުފުލިފައިވާ ކަމަށްވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ދައުލަތުގެ މާލީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި، ރާއްޖެއިން ބޭރުގައި އިންވެސްޓަރުންގެ ފޯރަމްތައް ބޭއްވުމަށާއި ތަފާތު މަޝްރޫއުތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ބަޖެޓުންނާއި ވަސީލަތްތަކުން ބޮޑެތި ހަރަދުތަކެއް އިސްރާފުކޮށްފައިވާ ކަމަށްވެސް އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ.
ވަޒީރު ސައީދު އާއި ދެކޮޅަށް ކުރެވިފައިވާ ތުހުމަތުތަކަށް އެމަނިކުފާނު ވަނީ އިންކާރު ކުރައްވާފައެވެ. އަދި ވިދާޅުވެފައިވަނީ ކުރީ ސަރުކާރުތަކަށް ވުރެ މިސަރުކާރުގައި ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރި މިންވަރު އިތުރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރަން މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭތެރެއަށް ފެހިކަމާއި ތާޒާކަން: ވައި ސާފުކޮށްދޭ ގުދުރަތީ "އެއަރ ޕިއުރިފަޔަރ" ތައް!
ގަޑިއިރެއް ކުރިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ސިޓީއެއް ބިނާކުރުން ސޯޝަލް ކޮމިޓީއަށް!
ގަޑިއިރެއް ކުރިން

ޤަވާއިދާ އެއްގޮތަށް ޢިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި
ގަޑިއިރެއް ކުރިން

ސިޓީ ކައުންސިލުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދުސްތޫރީ މައްސަލައެއް ކޯޓަށް ވައްދަނީ
ގަޑިއިރެއް ކުރިން


