logo

މަތީ ތަޢުލީމު ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮއްފި

profile

އައިޝަތު އިނާޝާ - 29 އޯގަސްޓު 2024 - 19:54

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ

ޗައިނާގެ ޓިއަންޖިން ޔުނިވާސިޓީގެ އިސްބޭފުޅުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އަށް ޒިޔާރަތްކުރައްވައި، މަޝްވަރާ ބައްދަލުވުމެއްބާއްވައިފިއެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ އިން ބުނީ މި ބައްދަލުވުމުގެ މަޤްސަދަކީ ދެފަރާތުން ގުޅިގެން މަތީ ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ. އެގޮތުން، އެކްސްޗޭންޖް ޕްރޮގްރާމްތަށް ފަދަ ތަފާތު އެކި ޕްރޮގަރާމްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޢުލުމާތު ހިއްސާކުރެވިފައިވެއެވެ.

ޓިއަންޖިން ޔުނިވާސިޓީއަކީ 1895 ވަނަ އަހަރުން ފެށިގެން ޗައިނާގައި މަތީ ތަޢުލީމު ފޯރުކޮއްދެމުން އަންނަ އެންމެ ދުވަސްވީ ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވާސިޓީއެކެވެ. މި ޔުނިވާސިޓީގައި، އޭރޯ އިންޖީނިއަރިންގ އަދި ހައިޑަރައުލިކްސް ފަދަ ތަފާތު އެކި ދާއިރާތަކުން ތަމްރީނުތަކާއި ދިރާސާތަށް ކުރިއަށް ގެންދެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓި(އެމްއެންޔޫ)އަކީ ޓިއަންޖިން ޔުނިވާސިޓީ ފަދަ ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަރާފައިވާ ޔުނިވާސިޓީތަކާއި އެކި މުއައްސަސާތަކާއި ގުޅުން ބަދަހިކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް އެތަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޔުނިވާސިޓީއެކެވެ.


tel:+9607331319