logo

ސަލްމާންގެ ތަރި އޮއްސެނީތަ؟

profile

އައިޝަތު އިބްރާހިމް - 05 އޭޕްރީލު 2025 - 11:54

ސަލްމާން ޚާނަކީ ބޮލީވުޑްގެ އެންމެ ވިދާ ތަރިންގެ ތެރޭގައި ހިމެނޭ ފަނޑުވުމެެއް ނެތް ތަރިއެއް ކަން އޭނަ އަންނަނީ ސާބިތުކޮށްދެމުންނެވެ.

https://wamco.com.mv/

އޭނާގެ ފިލްމީ ކެރިއަރަށް 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާ ވަނީ ބޮކްސް އޮފީހުގައި ރެކޯޑުތައް ޤާއިމުކޮށް، ފޭނުންގެ ލޯބި ހޯދައި، އަދި ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ފަރާތްތަކުގެ ތެރެއިން އެކަކަށް ވެފައެވެ. މި ހުރިހާ ސަބަބުތަކާ ހުރެ އޭނާ ވަނީ ބޮލީވުޑްގެ "ބްރޭންޑް" އަކަށް ވެފައެވެ.

އެހެންނަމަވެސް، ފާއިތުވި އަހަރުތަކުގައި "ބްރޭންޑް ސަލްމާން" އަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ސަލްމާންގެ އެންމެ ފަހުން މި ރިލީޒްވި އޭނާގެ އެންމެ ފަހުގެ އުފެއްދުން "ސިކަންދަރު" ބޮޑު ތަނުން ފެއިލް ވި ކަމެވެ. ސަލްމާނުގެ ބްރޭންޑަށް މިފަދަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި މިވަނީ ގިނަ ސަބަބުތަކާ ހުރެކަމަށް ބޮލީވުޑް ޚަބަރުތައް ދިރާސާ ކުރާ އަދި ގިނަ ބެލުންތެރިން އަންނަނީ ބުނަމުންނެވެ.

ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިކަން މިހެން މެދުވެރިވާން ދިމާވި އެންމެ ބޮޑު އެއްސަބަބަކީ އޭނާގެ ފިލްމުތަކުގެ ފެންވަރު ދަށްވުމާއި އެއްގޮތް ރޯލުތައް މާގިނަވުމެވެ. އަދި މިކަމަކީ ސަލްމާންގެ އެކްޓިން ކެރިއަރ އަށް އޭގެ ނުރަނގަޅު އަސަރުކުރާނެކަމަށް ޤަބޫލުކުރެއެވެ. އެގޮތުން ފާޑު ކިޔާ ގިނަ މީހުން ބުނަނީ މިހާރު ސަލްމާންއަށް ކުޅެން އެނގެނީ ހުސް އެއްކަހަލަ ރޯލްތަށް ކަމަށެވެ. އަދި މިހާރުގެ ފިލްމްތަކަށް ސަލްމާން އަންފިޓް ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުންވެސް އުމުރުން ދުވަސްވެފައިވާއިރުވެސް އޭނާ ޒުވާން ތަރިންނާއެކު ލީޑުން ފެންނާތީ މިކަންވެސް ވަރަށް ގިނަ ބަޔަކު އަންނަނީ ފާހަގަކޮށް މިކަމާވެސް ބޮލީވުޑްގައި އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިހާރު ސަލްމާން ޒުވާން ކުދިން ނުވަތަ އަލަށް ފިލްމީ ދާޢިރާއަށް ވަންނަ ކުދިންނާއިއެކު ފިލްމް ކުޅުން ހުއްޓާލަން ޖެހެއެވެ. ޒުވާން ކުދިންނާއި އެކު ސަލްމާން ފިލްމް ކުޅުން ރަނގަޅު ނޫން ކަމަށް ގިނަ މީހުން އެއްބަސްވެއެވެ.

މީގެ އިތުރުންވެސް، އޭނާގެ އަމިއްލަ ދިރިއުޅުމުގައި ހިނގާ ބައެއް ކަންތައްތައް، ޚާއްޞަކޮށް އޭނާގެ ޤާނޫނީ މައްސަލަތަކާއި، ޚުދުމުޚުތާރު ވައްޓަފާޅިއާ ގުޅޭ ގޮތުން ފެތުރޭ ވާހަކަތަކުގެ ސަބަބުންވެސް ވަނީ އޭނާގެ "އިމޭޖަށް" ނުހަނު ގިނަ އެހާމެ ބޮޑަށް އަސަރު ކޮށްފައެވެ.

ސަލްމާން ބްރޭންޑު މިހާ ބޮޑަށް ވެއްޓިފައިވާއިރު، މި ބްރޭންޑު އަލުން ކޮޅަށް ޖެހޭނީވެސް ހަމަ ސަލްމާނަށް ކަމަށް އިންޑަސްޓްރީގެ މީހުން ޚާއްޞަކޮށް ބޮލީވުޑްގެ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ކްރިޓިކްސްއިން ބުނަނީ މިކަމަށްޓަކައި އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނޫނީ ކުރީގެ އެހެން ތަރިން ފަދައިން ސަލްމާންގެ ކެރިއަރވެސް ފަނޑުވެ ނިމިދާނެކަމަށެވެ.

ކްރިޓިކްސްއިން ބުނާގޮތުގައި ސަލްމާންގެ ގެ ކަމްބެކްއަކަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ރޯލުތައް ތަފާތު ކުރުމާއި، ފިލްމަކަށް އާއެކޭ ބުނާއިރު ފެންވަރު ރަނގަޅު ސްކްރިޕްޓުތައް ނެގުމާއި، ތަފާތު ޑައިރެކްޓަރުންނާއެކު މަސައްކަތް ކުރުން ހިމެނެއެވެ. އަދި ތަފާތު ފިލްމު ކުޅެ ރިސްކު ނެގުމަށްވެސް ސަމާލުކަމެއް ދޭންވެސް ޖެހެއެވެ. އެންމެ ބޮޑުކަމަކަށް ސަލްމާންއަށް ފިޓް ރޯލްތަކަށް އިސްކަންދޭން ޖެހޭކަމަށްވެސް ކްރިޓިކްސްއިން ފާހަގަކުރެއެވެ.

ސަލްމާންގެ ޢީދު ދުވަހު ރިލީޒް ކުރި ފިލްމް "ސިކަންދަރަ"ށް ބޮކްސް އޮފީހުގައި ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ. ފިލްމް ބަލަން ސިނާމަތަކަށް މީހުން ވަދެފަވަނީ ހަމައެކަނި ފުރަތަމަ ދުވަހު ކަމަށް ކްރިޓިކްސްއިން ބުނެފައިވެއެވެ. އޭގެ ފަހުން ފިލްމް ބަލަން ސިނަމާއަށް ވަންނަ މީހުން މަދުވުމުގެ ސަބަބުން ގިނަ ސިނަމާތަކުން ފިލްމް ވަނީ ނަގާފައެވެ.

މި ފިލްމު ސިނަމާތަކުގައި ދައްކަން ފެށިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެކިއެކި އޮންލައިން ޕްލެޓްފޯމްތަކުގައި ފިލްމު ވަނީ ލީކްކޮށްލައިފައެވެ. އޭގެ ތެރޭގައި ޓަމިލްރޮކާސް، މޫވީރޫލްޒް، ފިލްމީޒިއްލާގެ އިތުރުން ޓެލެގްރާމްގެ އެކި ޗެނެލްތަލުގައި ވެސް ފިލްމުގެ ވަގު ކޮޕީތަކެއް ވަނީ ލީކްކޮށްފައެވެ.

ބޮކްސް އޮފީހުގައި މިވަރުގެ ބޮޑު ވެއްޓުމެއް ލިބުމުން ސަލްމާންގެ ފޭނުންނާއި، ބޮލީވުޑްގެ ތަޖުރިބާކާރުން އޭނާގެ މަސައްކަތްތަކަށް ވަރަށް ގާތުން ބަލަމުންދާނެއެވެ. އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓްތަކާއި ނިންމުންތަކަކީ އޭނާގެ ކެރިއަރގެ ދެން އޮތް މަރުހަލާ ކަނޑައަޅާނެ ކަންކަން ކަމަށްވެސް ކްރިޓިކްސްއިން އަންނަނީ ބުނަމުންނެވެ.

"ސިކަންދަރު" އަކީ އޭ.އާރް. މުރުގަދޯސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ސަލްމާން ޚާންގެ އިތުރުން "ޕުޝްޕާ 2" ގެ ބަތަލާ ރަޝްމިކާ މަންދަނާއެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޝަރުމަން ޖޯޝީ، ކާޖަލް އަގަރްވާލް، ސުނިލް ޝެޓީ އަދި ޕްރަތީކް ބައްބަރު ހިމެނެއެވެ.

ފިލްމު ރިލީޒްވުމުގެ ކުރިން ބޮޑެތި އުންމީދުތަކެއް ކުރެވުނު ނަމަވެސް، މިހާރު ވަނީ ބޮކްސް އޮފީހުގައި ބޮޑުތަނުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. މި ކަމަކީ ބޮލީވުޑްގެ ސުޕަރސްޓާރު ސަލްމާން ޚާންގެ ކެރިއަރަށް ވެސް ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމަށް ބޮލީވުޑްގެ ފިލްމް ދިރާސާކުރާ ކްރިޓިކްސް އިން އަންނަނީ ބުނަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay