
ކައުންސިލް އިންތިހާބް: ގުރުއަތުނެގުން ބުރާސްފަތި ދުވަހު

ޝަހްޒާ މުޙައްމަދު - 08 ފެބްރުއަރީ 2026 - 05:25
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ނުރުއަތު ނެގުން މިހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ގުރުއަތުލުމަށްފަހު ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް ބުރާސްފަތި ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެކަމަށް އީސީއިން ވަނީ ބުނެފައެވެ.
މި އިންތިޚާބުގައި ޖުމްލަ 2,994 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި 6 ސިޔާސީ ޕާޓީއަކުން 1,210 ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ހިމެނެއެވެ. އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން 665 ކެންޑިޑޭޓުން ވާދަކުރެއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ.
އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ވަނީ ގާއިމްކޮށްފައެވެ. ބޭރުގެ އޮބްޒާވަރުންނަށް އިންތިޚާބު އޮބްޒާވްކުރުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތ.އޮޅުފުށި ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމްކޮށްފި
11 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން ދެމީހަކު ހައްޔަރުކޮށްފި
13 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި މާވަށުން މީހަކު ހައްޔަރުކޮށްފި
13 ގަޑިއިރު ކުރިން

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
13 ގަޑިއިރު ކުރިން


