logo

އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކިޔަނީ ނަބަވީ އިމާމު ދެއްވި ހުތުބާ

profile

އާމިނަތު މޫސާ - 26 އޭޕްރީލު 2025 - 04:58

ނަބަވީ ޙަރަމްފުޅުގެ އިމާމު ޑރ ޞަލާޙުލް ބުދައިރް އިސްލާމީ މަރުކަޒުގައި ޢަރަބި ބަހުން ދެއްވި ޚުޠުބާގެ ދިވެހި ތަރުޖަމާ އަންނަ ހުކުރުގައި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ކިއުމަށް ހަމަޖައްސާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައެވެ.

ޑރ. ޞަލާޙުލް ބުދައިރު ދެއްވި ޚުޠުބާގެ މަޢުޟޫއަކީ “ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށޭ” މި މަޢުޟޫއެވެ.

މި މަޢުޟޫއަށް ޑރ. ޞަލާޙުލް ބުދައިރު ދެއްވާފައިވަނީ ވަރަށް އަސަރުގަދަ ޚުޠުބާއެއްކަން ފާހަގަކޮށްލެވެއެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ ދަށުން އިސްލާމިކް މިނިސްޓަރީން ދެއްވި ދައުވަތުގައި ކުރެއްވި ދަތުރުފުޅެކެވެ.

https://wamco.com.mv/
https://www.aslu.com.mv