
އިސްލާމިކް މިނިސްޓްރީއަށް ފައިސާ ދައްކަނީ
މިދިޔަ އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި 91.53 މިލިއަން ރުފިޔާ

އަހުމަދު ޒަލީފު - 14 ޖެނުއަރީ 2023 - 12:05
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 91.53 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
- މިދިޔަ އަހަރުތެރޭ މުދަލު ޒަކާތުގެގޮތުގައި 91.53 މިލިއަން ރުފިޔާ
- 2021 ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވަނީ 91.51 މިލިއަން ރުފިޔާ
އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު ސެޕްޓެމްބަރު މަހު މުދަލު ޒަކާތު ވާޖިބުވާ ނިޞާބަށް ބަދަލު ގެނެސްފައެވެ. އެގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 5777.45ރ ކަމަށް ކަނޑައަޅާފައިވާއިރު، މީގެ ކުރީން މިދިޔަ އަހަރު ޖޫންމަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 6396.25ރ. އެވެ.
ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ %2.5 މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.
ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މުދަލުގެ ޒަކާތުގެގޮތުގައި 91.4 މިލިއަން ދިވެހި ރުފިޔާއިން ލިބިފައިވެއެވެ. އަދި 8315 ޑޮލަރު ލިބިފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޒަކާތުގެ ފުރަތަމަ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި
16 ގަޑިއިރު ކުރިން

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިފި, މިސްކިތުގެ ނަން ޝަހީދު ޢުމަރު އަޙްމަދުގެ ހަނދާނަށް!
9 ދުވަސް ކުރިން

ސައުދީ ސަރުކާރުން އިތުރު 25،500 މުސްހަފް ރާއްޖެއަށް ހަދިޔާކޮށްފި
16 ދުވަސް ކުރިން

ދާރުލް އަރުގަމްގެ ބިންގާ އަޅައިފި
17 ދުވަސް ކުރިން


