logo
އާސެނަލް އާއި ވުލްވްސް ވާދަކުރި މެޗުގެ ތެރެއިން..

އާސެނަލް އާއި ވުލްވްސް ވާދަކުރި މެޗުގެ ތެރެއިން..

ރަށުން ބޭރުގައި ވުލްވްސް އަތުން ވެސް އާސެނަލްއަށް މޮޅެއް ނުހޯދުނު

profile

ހަސަން ޝަމްއޫން - 19 ފެބްރުއަރީ 2026 - 02:18

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި، ވުލްވްސް އިން އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗު ފޯރިގަދަ ކުޅުމަކަށްފަހު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

https://wamco.com.mv/

މިނަތީޖާއެކު ލީގުގައި ކުޅުނު 27 މެޗުން އާސެނަލްއަށް 58 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 27 މެޗުން ވުލްވްސްއަށް 10 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުފައެވެ.

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ބްރެންޓްފޯޑާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ލީގުގައި ވުލްވްސް އެންމެ ފަހުން ކުޅުނު މެޗުގައި ނޮޓިންގްހަމް ފޮރެސްޓާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފަސްވަނަ މިނެޓުގައި އެޓީމަށް ލީޑުހޯދައިދިނީ ފޯވާޑް ބަކަޔޯ ސަކާއެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި އާސެނަލް އިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތިޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް އާސެނަލް އިން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 56 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ޑިފެންޑަރު ޕިއޭރޯ ހިންކެޕީ އެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ވުލްވްސްގެ ޑިފެންޑަރު ހުއޭގޯ ބުއެނޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި އެޓީމުން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޓޮމް އިޑޯޒީ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk