
އިންޓަ މިއާމީ އާއި ބޯޑޯ/ގްލިމްޓް ވާދަކުރި މެޗުގެ ތެރެއިން..
އަމިއްލަ ދަނޑުގައި ބޯޑޯ/ގްލިމްޓުން އިންޓަ މިލާން ބަލިކޮށްފި

ހަސަން ޝަމްއޫން - 19 ފެބްރުއަރީ 2026 - 02:23
ޔުއެފާ ޗެމްޕިއަންސް ލީގު ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި އިޓަލީގެ އިންޓަ މިލާނާއި ދޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނޯވޭގެ ބޯޑޯ/ގްލިމްޓް އިން މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގެ ޕްލޭއޮފްގެ ޖާގައެއް އިންޓަ މިލާނުން ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 15 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 10 ވަނަ ޓީމުގެ ގޮތުގައެވެ. އަދި ބޯޑޯ/ގްލިމްޓުން ޕްލޭއޮފްގެ ޖާގައެއް ހޯދީ ލީގުބުރުގައި ކުޅުނު އަށް މެޗުން ހޯދި 9 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގުބުރުގެ 23 ވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އިންޓަ މިލާނުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބޯޑޯ/ގްލިމްޓް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެޓީމުގެ ސޮންޑްރޭ ފެޓް އެވެ.
އިންޓަ މިލާނުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ފްރެންސެސްކޯ ޕިއޯ އެސްޕޮސިޓޯ އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި އިންޓަ މިލާނުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބޯޑޯ/ގްލިމްޓް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޔެންސް ޕީޓަރ ހައުގޭ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ފޯވާޑް ކެސްޕަރ ހޯގް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މިދެޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފް ދެވަނަ ލެގު މެޗު އިންޓަ މިލާންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަށުން ބޭރުގައި ވުލްވްސް އަތުން ވެސް އާސެނަލްއަށް މޮޅެއް ނުހޯދުނު
21 ގަޑިއިރު ކުރިން

ކުލަބް ބުރޫޖް އާއި އެތްލެޓިކޯ މެޑްރިޑްގެ ކުރިމަތިލުން އެއްވަރު
21 ގަޑިއިރު ކުރިން

ފަސޭހަކަމާއެކު ކަރަބާގް ބަލިކޮށް ނިއުކާސަލް އިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި
21 ގަޑިއިރު ކުރިން

ޑޫއޭގެ ދެލަނޑާއެކު ރަށުން ބޭރުގައި ޕީއެސްޖީ އިން މޮނާކޯ
2 ދުވަސް ކުރިން


.gif&w=3840&q=75)