logo

ރައީސްގެ ނިންމެވުމަށް ސީޕީޖޭ އޭޝިޔާއިން މަރުހަބާ ކިޔައިފި

profile

މަރްޔަމް ލީމް އަބޫބަކުރު - 18 ނޮވެމްބަރު 2024 - 21:30

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ބޭއްވިރަސްމިއްޔާތުގެ ތެރެއިން:

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ބޭއްވިރަސްމިއްޔާތުގެ ތެރެއިން:

ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އަމިއްލަ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލް، ޕީއެންސީން ބޭރުކޮށްލުމަށް ނިންމެވި ނިންމެވުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާރނަލިސްޓްސް - ސީޕީޖޭ އޭޝިޔާއިން މަރުހަބާ ކިޔައިފިޔެއެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މީޑިއާތައް ކޮންޓްރޯލް ކުރާ ހިތްޕުޅުނުވާ ކަމަށާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލަން ހުށަހެޅި ބިލްގައި ވަނީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ސިޔާސަތެއް ނޫން ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ވިދާޅުވީ މީޑިއާތަކަށް ހެޔޮ އަގުގައި އޮފީސް ހިންގާނެ ޖާގަ ދިނުމަށް ހުޅުމާލެއިން އިމާރާތެއް ހަމަޖައްސަވާނެ ކަމަށެވެ. އަދި ގަވާއިދަށް ފެތޭ ހުރިހާ މީޑިއާތަކަށް އެސްޓީއޯއިން އަޅަން ފެށި ހޮޓަލުން އޮފީސް ޖާގަ ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތަށްފަހު، މީޑިއާ ކޮމިޝަންގެ ބިލާމެދު އެ ސަރަހައްދަށް ދިޔަ ބައެއް ނޫސްވެރިން ސުވާލުކުރުމުން ވެރިކަންކުރާ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބިލް ބޭރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބިލް ބަލައިނުގަންނާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ "ޔޭސް، އޮފްކޯޒް" އެވެ. އަދި އެ ބިލް ބޭރުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319