logo
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 2 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 04 ނޮވެމްބަރު 2026 - 07:08

މިއަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ކައުންސިލްތަކަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ބަޖެޓުގައި ހިމެނުނު އަހަރެވެ.

ފިނޭންސް މިނިސްޓްރީ އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށް ވަނީ 2 ބިލިއަން ރުފިޔާ ދޫކޮށްފައެވެ.

މިއީ ވޭތުވެދިޔަ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކޮށްފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ޖުމްލަ 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓުގައި މި އަދަދު ވަނީ 2.5 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް ހިމަނާފައެވެ.

ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

2023 ވަނަ އަހަރު ބަޖެޓުކުރި 2.1 ބިލިއަން ރުފިޔާގެ އިތުރުން، އެ އަހަރު ވަނީ އިތުރަށް 8 މިލިއަން ރުފިޔާ ކައުންސިލްތަކަށް ދޫކޮށްފައެވެ.

https://wamco.com.mv/
tel:+9607331319