
ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހާ ގުޅިގެން ނައިބް ރައީސްގެ ހާއްސާ އިންޓަވިއުއެއް

ޝަހްޒާ މުޙައްމަދު - 29 ޑިސެމްބަރު 2025 - 07:08
ދިވެހިރާއްޖޭގެ އަޑުގެ63 ވަނަ އަހަރީ ދުވަހުގެ ހާއްސާ ޕްރޮގްރާމްގައި ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުޙައްމަދު ލަތީފްގެ ހާއްސަ އިންޓަވިއުއެއް ގެންސްދީފިއެވެ.
މި އިންތަވިއުގައި އެމަނިކުގާފުގެ ދެކަނބަލުން ބައިވެރިވެވަޑައިގެން ޒާތީ އަދި ސިޔާސީ ވާހަކަފުޅުތައް ހިއްސާކުރެއްވިއެވެ.
ނައިބް ރައީސް ވިދާޅުވީ ރައްޔިތުންގެ ވާހަކަތައް ކަނުލާ އަޑުއެހުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ފަރާތްޕުޅުން ދަސްވި އެންމެ މުހިންމު އެއް ސިފަ ކަމަށެވެ. ސިޔާސީ ދާއިރާއަށް ނުކުންނެވީ ކުރީގެ ސަރުކާރެއްގައި ފެނުނު ލާއިންސާނީ ކަންކަން ބަދަލުކޮށް، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވުމަށް ކަމަށް ނައިބްރައީސް ހާމަކުރެއްވިއެވެ. ސިޔާސީ ގޮތުން ބުނާ ބަހާއި އަމަލާ ދިމާވާންޖެހޭނެ ކަމަށް އަބަދުވެސް ޤަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި 10 އަހަރުގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާއަށް ބޮޑެތި ތަރައްޤީގެ ބަދަލުތަކެއް ގެނެސްދެވުނުކަންނައިބްރައީސް ފާހަގަކުރެއްވިއެވެ .ވަކާލާތު ކުރެއްވުމުގައި ވަކި ފަރުދެއްގެ މަސްލަޙަތަށްވުރެ މުޅި މުޖުތަމަޢަށް ފައިދާކުރާނެ ކަންކަމަށް އިސްކަންދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ އަނބިކަނަބަލުން އަފްރީން ވެސް ވަނީ ގިނަ ހަދަންތަކެއް އާކުރައްވާ ވާހަކަފުޅުދައްކަވަފައެވެ. ނައިބު ރައީސްއަކީ ކަންކަން ނިންމެވުމުގައި އަބަދުވެސް ޢާއިލާގެ މަޝްވަރާއާއި ލަފާ ހޯއްދަވާ ބޭފުޅެއްކަން އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްކަމުގެ މަޤާމަށް ވަޑައިގަތުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިންމެވި އެންމެ ބޮޑު ނިންމެވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުގެ ދިރިއުޅުއްވުމުގައި ޢާއިލީ ގުޅުން ބަދަހިކުރުމާއި އޯގާތެރިކަމުގެ ނަމޫނާ ލިބިވަޑައިގަތީ މައިންބަފައިންގެ ފަރާތްޕުޅުންކަން ވެސް ފާހަގަކުރެއްވވިއެވެ. ނަމާދަށް ފަރުވާތެރިވުމާއި، ކުރާ ކޮންމެ ކަމެއްގައި އިޙްލާސްތެރިވުމުގެ އިތުރުން ވެރިންނަށް އިޚްތިރާމް ކުރުމަކީ މައިންބަފައިން ދެއްވާފައިވާ އެންމެ މުހިންމު ނަސޭޙަތްތައްކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އަޑަކީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން ވަރުގަދަކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި މުހިއްމު ބައިވެރިއެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ވޭތުވެދިޔަ 63 އަހަރު ދިވެހިރާއްޖޭގެ އަޑުން ފޯރުކޮށްދީފައިވަނީ އަގުހުރި ޤައުމީ ޚިދުމަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.ތެދު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި މަސައްކަތްކުރެއްވި ކުރީގެ އަދި މިހާރުގެ މުވައްޒަފުންނަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.ރޭޑިއޯއާ ގުޅޭ އެންމެ ހިތްގައިމު ހަނދާނެއްގެ ގޮތުގައި، ރޭޑިއޯއިން ގެނެސްދިން ފުޓުބޯޅަ ކޮމެންޓްރީގެ ސަބަބުން ކުޅިވަރަށް ލޯބި ޖެހުނުކަން ފާހަގަކުރެއްވިއެވެ.ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިންގެ ގައުމީ ހަޔާތުން ފެންނަން އޮތް އެންމެ ރީތި ސިފައަކީ އެއްބައިވަންތަކަން: ރައީސް
4 ދުވަސް ކުރިން
.jpg&w=3840&q=75)
ރައީސް، ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުން މިރޭ!
14 ދުވަސް ކުރިން

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސް
16 ދުވަސް ކުރިން

މަސްވެރިން އެދިލައްވާކަންކަމަށް އީޖާބީ ގޮތެއްގެ ރަނގަޅު ކުރިއެރުން ގެނެސްދޭނަން: ރައީސް
17 ދުވަސް ކުރިން


