
މަސްވެރިން އެދިލައްވާކަންކަމަށް އީޖާބީ ގޮތެއްގެ ރަނގަޅު ކުރިއެރުން ގެނެސްދޭނަން: ރައީސް

ޝަހްޒާ މުޙައްމަދު - 13 ޑިސެމްބަރު 2025 - 12:05
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުހޯއްދަވައިދެއްވާނެކަމަށާއި ބޭނުންވަނީ ޙަގީގީ މާނައިގައި މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ގެނެސްދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރ. ދުވާފަރަށް ވަޑައިގެން މަސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންތައްތަކުން، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެވޭނެކަމަށެވެ. މި ސިނާއަތް ކުރިއެރުވުމުގައި މަސްވެރިންގެ ޚިޔާލާއި ބައިވެރިވުން މުހިއްމު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެޔޮޅުންގެ ފަރާތުން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކާއި، މަސް ޕްރޮސެސް ކުރާ ފަރާތްތަކާ އެކި ފަހަރު މަތިން ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖެހުމަށްކަމަށެވެ. މި ސިނާއަތް ކުރިއަރުވާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދައި އެކަންކަމަށް ބަލައިގެންކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ފުރަތަމަ ދުވަހުން ފެށިގެންވެސް މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. ލަސްވެގެންދާ ކަންކަމަކީ ބޭރުގެ ލޯނުތަކާއި ގުޅިފައި ހުރި ކަންކަންކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު ގިނަ ކަންކަމުގެ އަމަލީ މަސައްކަތައް ފެށުމާއި ހަމައަށް ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއަދާ ހަމައަށް އައިއިރުގައިވެސް އެގޮތުން ބައެއް ކަންކަން ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ފެނިވަޑައިގަންނަވާނީ، މަސްވެރިންގެ ޚިޔާލާއި މަޝްވަރާގެ މަތިން އެކަންކަމަށް ރަނގަޅު ޙައްލު ގެނެސްދޭނެ މަންޒަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަސްވެރިން ފާހަގަކުރައްވާ އެއްވެސް ޚިޔާލެއް ނުވަތަ ކަމަކީ ބޭކާރުވެގެންދާނެ ކަމެއް ނޫން ކަމަށެވެ. "އަޅުގަނޑު ބޭނުންވަނީ މި ސިނާޢަތު ނަގާ ކުރިއަށް ގެންދަން. މަސްވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ މި ސިނާޢަތު ކުރިއަށް ގެންދިއުމުގައި، މި އިންޑަސްޓްރީ ކުރިއެރުމުގައި އެންމެ މުހިންމު ކަމަކީވެސް." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ހިސާބުތަކުން، އެންމެ ދެކުނުންނާއި އެންމެ އުތުރުން ވެސް މަސްވެރިންގެ ދުވަހުގެ ޙަފްލާގައި ބައިވެރިވުމަށް ވަޑައިގެންނެވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް އަންގާރަ ދުވަހު ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރައްވަނީ
17 ގަޑިއިރު ކުރިން

ރައީސްގެ ދެކަނބަލުން ރ.ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
17 ގަޑިއިރު ކުރިން

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސް
17 ގަޑިއިރު ކުރިން

މަސްވެރިކަމުގެ ދާއިރާގެ އިނާމު 32 ފަރާތަކަށް
17 ގަޑިއިރު ކުރިން


