logo
އަލީ ހުސައިން---

އަލީ ހުސައިން---

މިވަގުތު ކުރެވެން އޮތް ކަމަކީ މި ގައުމަށް ޔަހޫދީން އެތެރެވެވޭނެ ދޮރުތައް ބަންދުކުރުން: އަލީ ހުސައިން

profile

ޖިނާން ޙުސައިން ޖަބީން - 11 ނޮވެމްބަރު 2026 - 21:00

މިވަގުތު ކުރެވެން އޮތް ހަމައެކަނި މަސައްކަތަކީ ދިވެހިރާއްޖެއަށް ޔަހޫދީން އެތެރެވެވޭނެ ހުރިހާ ދޮރެއް ބަންދުކުރުން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ ސްޕޯކްސް ޕަރސަން އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަލީ ހުސައިން މި މޭރުމުން ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ "މެރީނާ" މަޝްރޫއުގެ ދަށުން، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ސަރުކާރުން ނިންމުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޑިމާންޑުކޮށް އުފައްދާފައިވާ "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ ފަރާތުން އަންގާރަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

އޭނާގެ ވިދާޅުވީ، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އެންމެ މުހިންމު އެއް ހައްގަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށާއި، އެއްވެ އުޅުމުގެ މިނިވަންކަމަކީ ވެސް ހިޔާލު ފާޅުކުރުމުގެ ބައެއް ކަމަށެވެ. އަދި މިފަދަ އެއްވުމެއް ބޭއްވުމުގެ މަގުސަދަކީ ގައުމަށް އަންނަ ބޮޑެތި އިންވެސްޓްމަންޓްތަކާ ދެކޮޅުވުން ނޫން ކަމަށާއި، ނަމަވެސް މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކޮށްފައިނުވާ ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ބޭރުގެ ރައްޔިތުން ވަކިން ހާއްސަކޮށް ޒަޔަނިސްޓު ޔަހޫދީން ރާއްޖެ ގެނެސް އާބާދުކުރުވުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އަލީ ހުސައިން ފާހަގަކުރެއްވިއެވެ.

އަލީ ހުސައިން ވިދާޅުވީ، އެއްވެސް ގައުމެއްގައި ވަކި އަދަދަކަށް ވުރެ ގިނައިން ބަޔަކު އާބާދުވެއްޖެނަމަ، އެ މީހުން އަޅުކަން ކުރާނެ ތަންތަން ބިނާކުރުމަށް ގޮވާލައި އެ ހައްގު އެމީހުން ހޯދާނެ ކަމަށެވެ. އެގޮތުން ޒަޔަނިސްޓުންގެ 50،000 ނުވަތަ އެއް ލައްކައެއްހާ މީހުން ރާއްޖޭގައި އާބާދުވެއްޖެ ހާލަތެއްގައި، އެމީހުން އަޅުކަންކުރާ "ސިނަގޯގް" ރާއްޖޭގައި އެޅުން ހުއްޓުވުމުގެ ބާރު ދިވެހިންނަށް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ނާޒުކު ހާލަތަށް އަލިއަޅުއްވާލައްވަމުން އަލީ ހުސައިން ވިދާޅުވީ، ދިވެހިން ބޭނުންކުރާ ކާބޯތަކެއްޗާއި މުދަލުގެ 99 އިންސައްތައަކީ އިމްޕޯޓް ކުރާ ތަކެތި ކަމަށެވެ. އަދި މި ހުރިހާ މުއާމަލާތެއް ހިންގަނީ ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ތެރެއިން ކަމަށްވުމުން، އެ ނިޒާމު އެންމެ ހަފުތާއަކަށް މެދުކަނޑާލިޔަސް ދިވެހިން ބަނޑަށް ޖެހޭނެ ކަމަށެވެ. ދުނިޔޭގެ މާލީ ނިޒާމާއި ބޮޑެތި ގައުމުތައް ކޮންޓްރޯލް ކުރަމުންދަނީ ޒަޔަނިސްޓުން ކަމަށްވާއިރު، އެމީހުން ރާއްޖޭގައި ވަޒަންވެރިވެއްޖެނަމަ ދިވެހި ގައުމިއްޔަތު އެއްކޮށް ނެތިގެން ހިނގައިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

https://wamco.com.mv/
tel:+9607331319