
މިނިސްޓަރ ސައީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅައިފި

މުޙައްމަދު ފަޟްލޫން - 04 ނޮވެމްބަރު 2026 - 06:50
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފިއެވެ.
މިދިޔަ އޮގަސްޓު މަހު މަޖިލީހަށް ހުށަހެޅި މި މައްސަލަ މިއަދުގެ ޖަލްސާއަށް ތައާރަފުކޮށްދެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި މައްސަލައިގައި ބަޔާންކޮށްފައިވަނީ، ގާނޫނުއަސާސީން ވަޒީރަކާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި މިނިސްޓަރު ސައީދު އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ
މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމުގެ ދުސްތޫރީ ވާޖިބަށް ހުރަސްއަޅުއްވައި، ވަޒީރުން ކުރުން މަނާ އަމަލުތަކެއް ހިންގަވާފައިވާތީ، އޭނާގެ އިތުބާރު ގެއްލިފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުއްޓުމެއްނެތި އުފުލި، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދިޔުން.
ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގައި އިހުމާލުވުން
ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުއްވުން
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުން.
އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް ނުރައްކާވުން.
މީގެއިތުރުން، ރާއްޖޭގެ އިގްތިސާދީ މަލަމަތި ބަދަލުކޮށްލާނެ ކަމަށް ވިދާޅުވެ ސަރުކާރުން އިއުލާނުކުރި ބިޔަ މަޝްރޫއުތައް ހުއްޓިފައިވާ މައްސަލަ ވެސް މި ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި، ބަންކަރިންގެ ހިދުމަތުން އަންދާޒާކުރި 400 މިލިއަން ޑޮލަރުގެ އާމްދަނީ ނުލިބުމާއި، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ އަމަލީ މަސައްކަތް ނުފެށުމުގެ އިތުރުން، ޑިވެލޮޕްމެންޓް ބޭންކުގެ ހިދުމަތާއި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ އޮޕަރޭޝަންތައް ލަސްވަމުންދާ މައްސަލަ ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭތެރެއަށް ފެހިކަމާއި ތާޒާކަން: ވައި ސާފުކޮށްދޭ ގުދުރަތީ "އެއަރ ޕިއުރިފަޔަރ" ތައް!
ގަޑިއިރެއް ކުރިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ސިޓީއެއް ބިނާކުރުން ސޯޝަލް ކޮމިޓީއަށް!
ގަޑިއިރެއް ކުރިން

ޤަވާއިދާ އެއްގޮތަށް ޢިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި
ގަޑިއިރެއް ކުރިން

ސިޓީ ކައުންސިލުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދުސްތޫރީ މައްސަލައެއް ކޯޓަށް ވައްދަނީ
ގަޑިއިރެއް ކުރިން


