
ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި 308 ކެންޑިޑޭޓުން ވާދަކުރާނެ: ޕީއެންސީ

މުޙައްމަދު ފަޟްލޫން - 23 ޑިސެމްބަރު 2025 - 06:08
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ އިންތިހާބުގެ ޕީއެންސީގެ ޕްރައިމަރީގައި 308ކެންޑިޑޭޓުން ވާދަކުރަން ހަމަޖެހިއްޖެއެވެ.
ޕީއެންސީގެ ޓިކެޓްގައި އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރާ 308 ފަރާތެއްގެ ނަން ވަނީ އިއުލާންކޮށްފައެވެ.
ޕީއެންސީގެ ޕްރައިމަރީ އަކީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ސިޔާސީ ހަރަކާތުގެ ގޮތުގައި އެ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާޙިމް ފަލާހް ވަނީ ވިދާޅުވެފައެވެ.
ޕީއެންސީން ވަނީ އެ ދެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައި ޕްރައިމަރީ ބާއްވަންޖެހޭ އިންތިހާބީ ދާއިރާތަކާއި އެ ދާއިރާތަކުން ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށް އިއުލާނުކޮށްފަ އެވެ.
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ޖުމްލަ އަދަދަކީ 308 އެވެ.
ލޯކަލް ކައުންސިލްގެ ޕްރައިމަރީ އާއި ބެހޭ ގޮތުން އާއްމުކުރި އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައި ހޮވިފައިވާ ފަރާތްތަކުގެ މައުލޫމާތު އެ ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.
ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބީ ދާއިރާތަކުގެ ޕާޓީގެ މެމްބަރުންގެ ލިސްޓު، ޕާޓީ ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށް އެ ދާއިރާއަކުން ވާދަކުރާ ކެންޑިޑޭޓަކަށް ލިބޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާނެ ކަމަށް ޕީއެންސީގެ އިއުލާނުގައި ވަނީ ބުނެފައެވެ.
ޕްރައިމަރީއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަ މަ އިންތިހާބީ ޝަކުވާ ހުށަހެޅުމަށް ހާއްސަކޮށްފައިވާ ނަންބަރު، 9323686 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް އެ ޝަކުވާއެއް ޕާޓީ އޮފީހަށް ހުށަހެޅޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޑީސެމްބަރު މަހުގެ 27 ވާ ހޮނިހިރު ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް
.png&w=3840&q=75)
ޑުރަގާއެކު ހުޅުމާލެއިން ދެމީހުން ހައްޔަރުކޮށްފި
39 މިނިޓު ކުރިން

ސްކޫލް ބަންދާއި މީލާދީ އައު އަހަރު ފެށުމާ ދިމާކޮށް، 'އޮޕަރޭޝަން ރިވެލި'ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް
2 ގަޑިއިރު ކުރިން

6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އެދިއްޖެ
5 ގަޑިއިރު ކުރިން

ޓެކްސީގެ ޚިދުމަތް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށްފި
5 ގަޑިއިރު ކުރިން


