logo

ރައީސް ސޯލިހު އެކަނިވެއްޖެ - ޢަލީ އާރިފް

profile

އަހުމަދު ޒަލީފު - 21 ޖޫން 2023 - 10:07

ހާސްކަނޑާލާ ހަމަޖެހޭނެ ؛ ޖަލްސާގެ ތެރެއިން

ހާސްކަނޑާލާ ހަމަޖެހޭނެ ؛ ޖަލްސާގެ ތެރެއިން

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މިއަދު ހުންނެވީ ގިނި ކަންޏާ ކަމަށާއި، ވެރިކަން ހޯދައިދިން މީހުންނަށް އަނިޔާ ކުރަނީ އިތުރު ގޮތެއް ނެތިގެން ކަމަށް ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.

ސަލްޓަން ޕާކުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން އަލީ އާރިފް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އަނިޔާވެރި ނުވުމަށް ނަސޭހަތްތެރިވެލައްވާފައެވެ. އަލީ އާރިފް ވިދާޅުވީ ސަރުކާރުން ކިތަންމެ ދަތި ކުރިއަސް ރައްޔިތުން ތިބީ މިއަހަރުގެ ރިޔާސީ އިންތިހާބު އޮނަރަބަލް ގާސިމް އިބްރާހީމަށް ކާމިޔާބު ކޮށްދިނުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ.

ހާސްކަނޑާލާ ހަމަޖެހޭނެ : ޖަލްސާގެ ތެރެއިން

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާޞިމް އިބްރާހިމް ހޮވާނީ ދިވެހި ރައްޔިތުންގެ އަމިއްލަ ފައިސާއިން ކަމަށްވެސް އެ ޕާޓީގެ އެސްޖީ ޢަލީ ވަނީ ވިދާޅުވެފައެވެ.

ހާސްކަނޑާލާ ހަމަޖެހޭނެ: ޖަލްސާގެ ތެރެއިން

އަލީ އާރިފް ވިދާޅުވީ ވެރިކަން ހަވާލުކުރަނީ ރާއްޖެ ވިއްކަން ނޫން ކަމަށް ވިދާޅުވެ ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އަދި ގާނޫނު އަސާސީގެ އެއްބައި ރައީސްއަށް ފެނިވަޑައިގަންނަވާއިރު އަނެއްބައި ފެނިވަޑައިނުގަންނަވަނީތޯ ސުވާލުކުރައްވައި ގާސިމް އިބްރާހީމަށް ކުރާ ކޮންމެ އަނިޔާއަކީ ދިވެހި ރައްޔިތުންނަށް ކުރާ އަނިޔާއެއް ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

ހާސްކަނޑާލާ ހަމަޖެހޭނެ: ޖަލްސާގެ ތެރެއިން

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކަންކަން ކޮށްދެއްވި ބޭފުޅުންނަށް އިހާނަތްތެރި ގޮތްގޮތް ތި ހައްދަވަނީ ހީނުކުރައްވާތި ބާރު ލިބިދޭ ގާނޫނު އަސާސީގެ މާއްދާތައްވެސް މަނިކުފާނާ އަރާހަމަނުކުރާނެޔޭ - ޢަލީ

އަލީ އާރިފް ވަނީ މިފަހަރު ވޯޓުލެވޭ ދެލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ކުރިމަތީގައި ރައީސް ގިނިކަންޏާ ކާމިޔާބު ހޯދިދާނެތޯ ސުވާލު އުފައްދަވާފައެވެ. އަދި އެމްޑީޕީ މެމްބަރުންވެސް ރައީސްއަށް ވޯޓު ދީފާނެކަމާއިމެދު އަލީ އާރިފްވަނީ ސުވާލު އުފައްދަވާފައެވެ.

https://wamco.com.mv/
tel:+9607331319