logo

ޢަލީ އާރިފް ސެންބެއަށް: "ރައްޔިތަކަށް އެއްޗެއް ދޭ ވާހަކަ ބުނީމަ ހާދަ ވަރެއް ތިޔަވީ؟"

profile

އަހުމަދު ޒަލީފު - 25 ޖޫން 2023 - 02:28

—

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހިޔާ ފްލެޓްގެ ކުލި މަޢާފް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާޞިމް އިބްރާޙިމް ވިދާޅުވި ވިދާޅުވުމަށް، ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ފާޑު ވިދާޅުވުމުން، ޢަލީ އާރިފް ސެމްބެ އަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ހިޔާ ފްލެޓްގެ ކުލި މަޢާފް ކުރުމަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ނޫން ކަމަށާއި، މީގެ ކުރިން އެމްޑީޕީންވެސް އެފަދަ ވަޢުދުތަކެއް ވީ ކަމަށް ސެމްބެ ވިދާޅުވިއެވެ. އެކަމުގެ ރައްދުގައި ޖުމްހޫރީ ޕާޓީގެ އެސްޖީ ޢަލީ އާރިފް ވިދާޅުވީ، މަދު ފައިސާ ކޮޅަކުން ވިޔަފާރި ފަށައި، އެ ވިޔަފާރި ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށް ބަދަލުކޮށްލި ބޭފުޅަކަށް އެކަންވެސް ކުރަން އެނގޭނެ ކަމަށެވެ.

ހިޔާ ފްލެޓްގެ ކުލި މަޢާފް ކުރަން ޤާޞިމް ކުރައްވާނެ އެއްކަމަކީ ދަޢުލަތުގެ ބިލިއަން ޑޮލަރުގެ އިސްރާފް ނައްތާލުން - ޢަލީ އާރިފް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިގެން ފްލެޓްގެ ކުލި މަޢާފުކޮށްދެއްވާނެ ކަމަށްވެސް ޤާސިމް އިބްރާހިމް ވަނީ ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕެރެޑައިސް ރިސޯޓްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ޤާޞިމް ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

https://wamco.com.mv/
tel:+9607331319